ރައްޔިތުންގެ މަޖިލީހާއި ލޯކަލް ކައުންސިލްތަކަށް މެމްބަރުން އިންތިހާބުވާ ޕާޓީ ބަދަލުކޮށްފި ނަމަ މެންބަރުކަމުން އަމިއްލައަށް އިސްތިއުފާ ދޭންޖެހޭ ގޮތަށް ރައްޔިތުންގެ މަޖިލީހުން ފާސްކުރި އެންޓި ޑިފެކްޝަން ބިލު ރައީސް ޑރ. މުހައްމަދު މުއިއްޒު ތަސްދީގު ކުރައްވައިފިއެވެ.
އެ ބިލުގައި ކުރިން އޮތީ ޕާޓީ ބަދަލު ކުރުމުން ގޮނޑި ގެއްލޭ ގޮތަށެވެ. ނަމަވެސް ބިލު ފާސްކުރި އިރު އޮތީ އަމިއްލައަށް ޕާޓީން ވަކިވާ ހާލަތުގައި ނުވަތަ އެހެން ޕާޓީއަކާ ގުޅޭ ހާލަތުގައި އިސްތިއުފާ ދޭން ޖެހޭނެ ކަމަށެވެ. އިސްތިއުފާ ނުދީފިނަމަ ދެން ވާނެ ގޮތެއް އެ ބިލުގައި ނެތެވެ.
މެންބަރަކު ޕާޓީއަކުން ވަކިކޮށްފި ނަމަ ހަތް ދުވަސް ތެރޭގައި އެ މައްސަލަ ކޯޓަށް ހުށަހެޅުމުގެ ފުރުސަތު މެމްބަރަކަށް ދޭން ވެސް ވަނީ ހިމަނައިފަ އެވެ.
މެމްބަރުން ވަކިކުރަން ރީކޯލް ވޯޓު ނަގާ ގޮތަށް ބިލު ހުށަހެޅިއިރު އޮތް މާއްދާ ވެސް ކޮމެޓީ މަރުހަލާގައި ބިލުން ވަނީ އުނިކޮށްފަ އެވެ. ކޮމިޓީ ރިޕޯޓުގައި ބުނެފައިވާ ގޮތުގައި އެ ބާބު އުނިކޮށްފައިވަނީ ބިލުން ހާސިލުކުރުމަށް ކަނޑައަޅާފައިވާ މަގްސަދުތައް ރީކޯލް ވޯޓު ނުނަގައި ހާސިލުކުރެވޭނެ ގޮތަށް ބިލުގެ އެހެން މާއްދާތައް އިސްލާހުކޮށްފައިވާތީ އެވެ.
މި ބިލު ކުރިން ހުށަހެޅީ ހަމައެކަނި މަޖިލިސް މެންބަރުންގެ މައްޗަށް ހިނގާ ގޮތަށް ކަމަށް ވި ނަމަވެސް ބިލް ފާސްކުރީ ލޯކަލް ކައުންސިލްތަކުގެ މެމްބަރުންގެ މައްޗަށް ވެސް އެ އުސޫލު ހިނގާ ގޮތަށެވެ.
މަޖިލިސް މެންބަރުންގެ ގޮނޑި ގެއްލޭ ގޮތަށް އެންމެ ފުރަތަމަ އެންޓި ޑިފެކްޝަން ބިލެއް ހުށަހަޅައި ގާނޫނެއް އެކުލަވާލީ 18 ވަނަ ރައްޔިތުންގެ މަޖިލީހުގަ އެވެ. ނަމަވެސް އޭރު އޮތް ސަރުކާރު ބަދަލުވުމާއެކު އެމްޑީޕީން ވަނީ އެ ގާނޫނު އުވާލައިފަ އެވެ.
އިންޑިއާއިން ރާއްޖެއަށް ބޭރުކުރާ ތެލުން ޓެކްސް ކަނޑާލައިފި!
ސަރުކާރުން ބޮޑުކުރި ސިނގިރޭޓުގެ އަގު ހެޔޮކޮށްފި
އުރީދޫގެ ހިދުމަތްތަކަށް ބުރޫ އަރައިފި
ކުރީގެ ރައީސުން މުޒާހަރާ ކުރަން ނިކުންނައިރު ސެކިއުރިޓީ ކަނޑާލަނީ
މަޝްރޫއު އަވަސްކުރަން ޚާއްސަ ޔުނިޓު އުފެއްދުމަކީ ސަރުކާރު ފެއިލްވުން
ސިނގިރޭޓުގެ އަގު ހެޔޮކުރާ ބިލު މުޅި މަޖިލީހުގެ ކޮމެޓީން ފާސްކޮށްފި