ވަޒީފާއާބެހޭ ޓްރައިބިއުނަލުގެ މެންބަރުކަމާއި ރައީސާއި ނައިބު ރައީސްކަމުގެ މަގާމަށް، ބޭފުޅުން އައްޔަންކުރައްވައިފިއެވެ.
އެބޭފުޅުން މަގާމަށް އައްޔަން ކުރެއްވީ މިއަދު މެންދުރުފަހު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި އެކަމަށްޓަކައި ބޭއްވެވި ހާއްސަ ރަސްމިއްޔާތެއްގައެވެ. މަގާމުގެ ފަތްކޮޅު އެބޭފުޅުންނަށް ހަވާލުކުރެއްވީ ރައީސް ޑރ. މުހައްމަދު މުއިއްޒެވެ.
ޓްރައިބިއުނަލް އަށް އައްޔަންކުރެއްވި ބޭފުޅުން:
މެންބަރުކަމާއި ރައީސްގެ މަގާމަށް: ޏ.ފުވައްމުލައް، ދަޑިމަގު. ގްލޯރީގެ އަލްއުސްތާޒު އިސްހާގު ހުސައިން
މެންބަރުކަމާއި ނައިބު ރައީސްގެ މަގާމަށް: ޅ.ހިންނަވަރު، ހިޔާވަހި އަލްއުސްތާޒާ ފާތިމަތު މަހީރާ މުހައްމަދު
މެންބަރު ކަމުގެ މަގާމަށް: ހުޅުމާލެ ހިޔާ 04-21-8 އަލްއުސްތާޒާ ޝަހީމާ ސަލީމާއި
މެންބަރު ކަމުގެ މަގާމަށް: ގއ.ގެމަނަފުށި، ފެހިކުރި އަލްއުސްތާޒާ އިޝާރާ އަބްދުލްއަޒީޒު
މެންބަރު ކަމުގެ މަގާމަށް: ދަފްތަރު ނަންބަރު ދރ 265 އަލްއުސްތާޒާ ސައުސަން އަލީ
ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ މެންބަރުކަމުގެ ހުވައިލާދެއްވީ، ސުޕްރީމް ކޯޓުގެ ފަނޑިޔާރު އޮނަރަބަލް އަލްއުސްތާޒު އަލީ ރަޝީދު ހުސައިނެވެ.
އިންޑިއާ އިން ރާއްޖެއަށް 1200 ގަސް ހަދިޔާކޮށްފި
ރަސްމާލެ މަޝްރޫއު: ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓެއް ނުނަގާނެ
ސުޕްރީމް ކޯޓުގެ ފަނޑިޔާރު ކަމަށް ސަމީރު އަދި ރައޫފް ކުރިމަތިލައްވައިފި
ބަޖެޓު 27: އަންނަ އަހަރު އެންމެ ބޮޑު އެހީ ދޭ ގައުމަކީ އިންޑިއާ
ބޯކޮށް ވާރޭ ވެހޭނެ ކަމަށް ލަފާކޮށް ހަ އަތޮޅަކަށް ޔެލޯ އެލާޓު ނެރެފި
ޅައިމަގަށް ނަގޫ ރޯޅިއެއް އަރާ މީހަކަށް އަނިޔާވެއްޖެ