ރައްޔިތުންގެ މަޖިލީހާއި ލޯކަލް ކައުންސިލްތަކަށް މެމްބަރުން އިންތިހާބުވާ ޕާޓީ ބަދަލުކޮށްފި ނަމަ މެންބަރުކަމުން އަމިއްލައަށް އިސްތިއުފާ ދޭންޖެހޭ ގޮތަށް އެންޓި ޑިފެކްޝަން ގާނޫނު މަޖިލީހުން ފާސްކޮށްފައިވީ ނަމަވެސް އެ ބިލު ތަސްދީގު ނުކޮށް ރައީސް ޑރ. މުހައްމަދު މުއިއްޒު ހުންނަވާތީ ކުރީގެ ރައީސް އިބްރާހީމް މުހައްމަދު ސޯލިހް (އިބޫ) ފާޑު ވިދާޅުވެއްޖެއެވެ.
ކޮލަމާފުށި ދާއިރާގެ އެމްޑީޕީގެ ކެންޑިޑޭޓުގެ ކެމްޕެއިން ހަރަކާތެއްގައި މިއަދު ގއ. މާމެންދޫ އަށް ވަޑައިގެން ވާހަކަދައްކަވަމުން ރައީސް އިބޫ ވިދާޅުވީ މަޖިލީހުން އެންޓި ޑިފެކްޝަން ބިލު ފާސްކުރިތާ ދެ ހަފްތާއެއްވަރު ވެއްޖެ ކަމަށެވެ. ނަމަވެސް އެ ބިލު ތަސްދީގު ނުކޮށް ރައީސް މުއިއްޒު ހިފަހައްޓަވާފައިވާ ކަމަށް ވިދާޅުވިއެވެ.
ރައީސް އިބޫ ވިދާޅުވީ ގާނޫނީ ގޮތުން ބިލެއް ތަސްދީގު ކުރުމަށް ރައީސުލްޖުމްހޫރިއްޔާ އަށް ދެހަފްތާގެ މުއްދަތެއް ލިބޭ ކަމަށާއި އެހެންނަމަވެސް މިފަދަ މުހިއްމު ވަގުތެއްގައި އެފަދަ މުހިއްމު ބިލެއް ގާނޫނަކަށް ބަދަލު ނުކޮށް ހިފެހެއްޓުމަކީ ފާޅުކަން ބޮޑު ގޮތެއްގައި ޑިމޮކްރަސީ އަށް އެމަނިކުފާނު އަޅުއްވާ ހުރަހެއް ކަމަށް ދެކިވަޑައިގަންނަވާ ކަމަށެވެ.
އެމަނިކުފާނު ވިދާޅުވީ އެ ބިލު ތަސްދީގު ނުކުރައްވާ ބިލު އަނބުރާ ފޮނުވާލުމަށް ރައީސް މުއިއްޒު ނިންމަވާފައިވާ ކަމުގެ މައުލޫމާތު ލިބިވަޑައިގެންފައިވާ ކަމަށެވެ. ނަމަވެސް ބިލު އަނބުރާ މަޖިލީހަށް ފޮނުވާލި ނަމަވެސް މަޖިލިސް ތެރެއިން އެ ބިލު ފާސް ކުރާނެ ކަމަށް ރައީސް އިބޫ ވިދާޅުވިއެވެ.
އިންޑިއާ އިން ރާއްޖެއަށް 1200 ގަސް ހަދިޔާކޮށްފި
ރަސްމާލެ މަޝްރޫއު: ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓެއް ނުނަގާނެ
ސުޕްރީމް ކޯޓުގެ ފަނޑިޔާރު ކަމަށް ސަމީރު އަދި ރައޫފް ކުރިމަތިލައްވައިފި
ބަޖެޓު 27: އަންނަ އަހަރު އެންމެ ބޮޑު އެހީ ދޭ ގައުމަކީ އިންޑިއާ
ބޯކޮށް ވާރޭ ވެހޭނެ ކަމަށް ލަފާކޮށް ހަ އަތޮޅަކަށް ޔެލޯ އެލާޓު ނެރެފި
ޅައިމަގަށް ނަގޫ ރޯޅިއެއް އަރާ މީހަކަށް އަނިޔާވެއްޖެ