ރައީސް ޑރ. މުހައްމަދު މުއިއްޒު ސަރުކާރު ކުޑަކަކޫ ޖައްސާނެ ގޮނޑިއަކީ ވިލިނގިލީ ދާއިރާގެ ގޮނޑި ކަމަށް އެ ދާއިރާ އަށް އެމްޑީޕީގެ ފަރާތުން ވާދަކުރާ ކެންޑިޑޭޓު އަދި މަޖިލީހުގައި މިހާރުވެސް އެ ދާއިރާ ތަމްސީލް ކުރައްވާ ސައުދު ހުސައިން ވިދާޅުވެއްޖެއެވެ.
ވިލިނގިލީގައި މިއަދު ބޭއްވި މަޖިލިސް އިންތިހާބުގެ ކެމްޕެއިން ހަރަކާތެއްގައި ވާހަކަދައްކަވަމުން ސައުދު ވިދާޅުވީ ގިނަ ބަޔަކު އުފައްދާނެ އެންމެ ބޮޑު ސުވާލަކީ އިންތިހާބުވުމުން އެމްޑީޕީގެ މެންބަރުން ޕާޓީ ބަދަލު ކޮށްފާނެތޯ އުފައްދާ ސުވާލު ކަމަށެވެ. އެކަން އެގޮތަށް ނުކުރެވޭނެ ކަމަށް ވިދާޅުވެ ސައުދު ވިދާޅުވީ މި އިންތިހާބު އޭނާ އަށް ކާމިޔާބު ކުރެވިއްޖެ ކަމަށްވާ ނަމަ، ސަރުކާރު ޖަވާބުދާރީ ކުރުވަން އެންމެ ބޮޑު މަސައްކަތެއް ކުރާނެ ގޮނޑިއަކަށް ވިލިނގިލި ދާއިރާގެ ގޮނޑިވެގެން ދާނެ ކަމަށެވެ.
"މި ސަރުކާރު ކުޑަކަކޫ ޖައްސާނެ ގޮނޑިއަކީ ވެސް ވިލިނގިލި ދާއިރާގެ ގޮނޑި،" ސައުދު ހުސައިން ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ ޕީޕީއެމް / ޕީއެންސީ ކުޑަކަކޫ ޖެއްސުމަށް ވިލިނގިލި ދާއިރާގެ ގޮނޑި ވަރަށް ފަރިތަވާނެކަން ހުދު އެދެޕާޓީގެ އާއްމު މެންބަރުންނަށް އެނގޭނެ ކަމަށެވެ.
އިންޑިއާ އިން ރާއްޖެއަށް 1200 ގަސް ހަދިޔާކޮށްފި
ރަސްމާލެ މަޝްރޫއު: ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓެއް ނުނަގާނެ
ސުޕްރީމް ކޯޓުގެ ފަނޑިޔާރު ކަމަށް ސަމީރު އަދި ރައޫފް ކުރިމަތިލައްވައިފި
ބަޖެޓު 27: އަންނަ އަހަރު އެންމެ ބޮޑު އެހީ ދޭ ގައުމަކީ އިންޑިއާ
ބޯކޮށް ވާރޭ ވެހޭނެ ކަމަށް ލަފާކޮށް ހަ އަތޮޅަކަށް ޔެލޯ އެލާޓު ނެރެފި
ޅައިމަގަށް ނަގޫ ރޯޅިއެއް އަރާ މީހަކަށް އަނިޔާވެއްޖެ