ރައްޔިތުންނަށް ބޭނުންވާ ތަރައްގީ ގެންނަން ސަރުކާރުން ބޭނުންވި ނަމަވެސް އެކަން ކުރުމަށް މިއަހަރުގެ ބަޖެޓުން ތަން ނުދޭ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
ލ. އަތޮޅަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި އިސްދޫއަށް ވަޑައިގެން ރައީސް ވިދާޅުވީ މިއަހަރުގެ ބަޖެޓަކީ ކުރީގެ ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ފާސް ކޮށްފައިވާ ބަޖެޓެއް ކަމަށެވެ. އަދި ރައީސް މުއިއްޒު ބޭނުންފުޅުވާ ގޮތަށް މަޝްރޫއުތައް ކުރިޔަށް ގެންދިއުމަށް ބަޖެޓުގައި ފައިސާ ހިމަނާފައި ނުވާ ކަމަށް ވިދާޅުވިއެވެ.
ބަޖެޓުގައި ފައިސާ ހިމެނުމަށް ކުރީ ސަރުކާރުން ފުރުސަތު ދިން ނަމަވެސް ބަޖެޓު ފާސްވެގެން އައީ އެބައިތައް އުނިކޮށްފައި ކަމަށް ރައީސް މުއިއްޒު ފާހަގަކުރެއްވިއެވެ. ހިމަނާފައިވާ މަޝްރޫއުތައް ފެށެން އޮތީ ވެސް އަހަރުގެ ފަހުކޮޅު ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
"މިއަހަރު އަޅުގަނޑުމެން ބޭނުންވާ ގޮތަކަށް ތަަަރައްގީއެއް، މިހާރު މިއޮތް މަޖިލީހުން ފާސްކޮށްފައި އޮތް ބަޖެޓް އޮތް ގޮތުން ގެންދެވޭކަށް ނެތް،" ރައީސް ވިދާޅުވިއެވެ.
އެއާއެކު ރައީސް ވިދާޅުވީ އެހެން ކަންކަން އޮތް ނަމަވެސް މަޝްރޫއުތައް އަވަހަށް ފެށުމަށް އެމަނިކުފާނު މަސައްކަތް ކުރައްވާ ކަމަށެވެ.
ލ އަތޮޅުގައި ދެވަނަ އެއާޕޯޓެއް އަޅާނެތަނެއް ނިންމާނީ ލ އަތޮޅުގެ ރައްޔިތުންގެ އަޑުއަހައިގެން، އަތޮޅުގެ ރައްޔިތުންނަށް އެންމެ ފައިދާވާނެ ގޮތަށް ކަމަށް ރައީސް ވިދާޅުވިއެވެ. އަދި ތަރައްގީގެ ކަންކަން ކުރިއަށް ގެންދިއުމުގައި އިސްދޫ-ކަލައިދޫ ދާއިރާއަށް އިސްކަން ދެއްވާނެކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.
އިންޑިއާ އިން ރާއްޖެއަށް 1200 ގަސް ހަދިޔާކޮށްފި
ރަސްމާލެ މަޝްރޫއު: ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓެއް ނުނަގާނެ
ސުޕްރީމް ކޯޓުގެ ފަނޑިޔާރު ކަމަށް ސަމީރު އަދި ރައޫފް ކުރިމަތިލައްވައިފި
ބަޖެޓު 27: އަންނަ އަހަރު އެންމެ ބޮޑު އެހީ ދޭ ގައުމަކީ އިންޑިއާ
ބޯކޮށް ވާރޭ ވެހޭނެ ކަމަށް ލަފާކޮށް ހަ އަތޮޅަކަށް ޔެލޯ އެލާޓު ނެރެފި
ޅައިމަގަށް ނަގޫ ރޯޅިއެއް އަރާ މީހަކަށް އަނިޔާވެއްޖެ