ފިތުރު އީދުގެ އުފާފާޅު ކުރަމުން ދިޔަ ނަމަވެސް ފަލަސްތީނު ރައްޔިތުން މަތީން ހަނދާން ނައްތާ ނުލުމަށް އީދު ހުތުބާގައި ގޮވާލައިފިއެވެ.
ފިތުރު އީދު ދުވަހުގެ ހުތުބާގައި ބުނީ ފަލަސްތީނުގެ ރައްޔިތުން މާތްވެގެންވާ މަސްޖިދުލް އަގްސާއާ އެ މާތް ފަސްގަނޑު ދިފާއު ކުރުމަށް ޖިހާދު ކުރަމުން ކަމަށެވެ. ނިމިދިޔަ ރަމަޟާން މަސް ތެރޭގައި ވެސް އެގައުމުގެ ރައްޔިތުން އުޅެމުން ދިޔައީ ނިކަމެތި ހާލުގައި ކަމަށް ހުތުބާގައި ބުންޏެވެ.
ރަމަޟާން މަހުގެ ތެރޭގައި އެގައުމުގެ ރައްޔިތުން ކާނެ އެއްޗެއް ބޯނެ އެއްޗެއް ނެތި އުޅެމުން ދިޔަ ނަމަވެސް ފެނިގެން ދިޔައީ އީމާންތެރިކަން ވަރުގަގަ ރައްޔިތުންތަކެއްގެ ގޮތުގައި ކަމަށް ހުތުބާގައި ބުންޏެވެ.
މިއަދުގެ އީދު ހުތުބާ ނިންމާލީ ވެސް ފަލަސްތީނުގެ ރައްޔިތުންނަށް ރައްކައުތެރިކަން ދިނުމަށް އެދި ދުއާ ކުރަމުންނެވެ.
އިންޑިއާ އިން ރާއްޖެއަށް 1200 ގަސް ހަދިޔާކޮށްފި
ރަސްމާލެ މަޝްރޫއު: ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓެއް ނުނަގާނެ
ސުޕްރީމް ކޯޓުގެ ފަނޑިޔާރު ކަމަށް ސަމީރު އަދި ރައޫފް ކުރިމަތިލައްވައިފި
ބަޖެޓު 27: އަންނަ އަހަރު އެންމެ ބޮޑު އެހީ ދޭ ގައުމަކީ އިންޑިއާ
ބޯކޮށް ވާރޭ ވެހޭނެ ކަމަށް ލަފާކޮށް ހަ އަތޮޅަކަށް ޔެލޯ އެލާޓު ނެރެފި
ޅައިމަގަށް ނަގޫ ރޯޅިއެއް އަރާ މީހަކަށް އަނިޔާވެއްޖެ