މިއަހަރުގެ ފިތުރު އީދު ދުވަސް ފާހަގަކުރުމަށްޓަކައި މާދަމާ މާލޭގައި ހަވާ އަރުވަން ނިންމައިފިއެވެ.
މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް) އިން މިއަދު ބުނީ ހަވާ އެރުވުން، މާދަމާ ރޭ 22:00 ގައި ހެންވޭރު އާޓިފިޝަލް ބީޗު ސަރަހައްދާ ދިމާލު ކަނޑު މަތީގައި އޮންނާނެ ކަމަށެވެ. މިއަހަރު މާލޭގައި ވެސް ފިތުރު އީދު ކުލަގަދަކޮށް ފާހަގަކުރުމަށް ވަނީ ނިންމައިފައެވެ.
މާލޭގައި މާދަމާ އީދު ދުވަހާ ގުޅިގެން ހަވާ އަރުވަން ނިންމިއިރު ރާއްޖޭގެ ރަށްތައް ފިތުރު އީދަށް ދިއްލާލުމަށް "އީދު އަލި" ހަރަކާތް ރޭ ވަނީ ފަށައިފައެވެ.
މި ހަރަކާތުގެ ދަށުން މާލެ ސިޓީ އާއި އަދިވެސް ރާއްޖޭގެ ބޮޑެތި ސިޓީތަކާއި ރަށްތައް ބޮކިފައްޗާއި ގިޑިގެތަކުން ދިއްލާލާނެއެވެ.
އިންޑިއާ އިން ރާއްޖެއަށް 1200 ގަސް ހަދިޔާކޮށްފި
ރަސްމާލެ މަޝްރޫއު: ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓެއް ނުނަގާނެ
ސުޕްރީމް ކޯޓުގެ ފަނޑިޔާރު ކަމަށް ސަމީރު އަދި ރައޫފް ކުރިމަތިލައްވައިފި
ބަޖެޓު 27: އަންނަ އަހަރު އެންމެ ބޮޑު އެހީ ދޭ ގައުމަކީ އިންޑިއާ
ބޯކޮށް ވާރޭ ވެހޭނެ ކަމަށް ލަފާކޮށް ހަ އަތޮޅަކަށް ޔެލޯ އެލާޓު ނެރެފި
ޅައިމަގަށް ނަގޫ ރޯޅިއެއް އަރާ މީހަކަށް އަނިޔާވެއްޖެ