މިއަހަރުގެ ފުރަތަމަ ތިން މަސް ދުވަހުގެ ތެރޭގައި މޯލްޑިވްސް ކަސްޓަމްސް އިން 14 ކިލޯގެ މަސްތުވާތަކެތި އަތުލައިގެންފައިވާ ކަމަށް އެ އިދާރާ އިން ހާމަ ކޮށްފިއެވެ.
އަހަރުގެ މިހާތަނަށް ކަސްޓަމަސް އިން އަތުލައިގެން މަސްތުވާތަކެތީގެ ތެރެއިން އެންމެ ގިނައިން އަތުލައިގެންފައި ވަނީ ސިންތެޓިކް ކެތިނޯންސް ނަމަކަށް ކިޔާ މަސްތުވާތަކެއްޗެވެ. އެ ބާވަތުގެ ގާތްގަނޑަކަށް ހަ ކިލޯއެއްހާ މަސްތުވާތަކެތި އަތުލައިގެންފައިވެއެވެ.
ދެވަނަ އަށް އެންމެ ގިނައިން އަތުލައިގެންފައި ވަނީ ހިރޮއިންނެވެ. އެ ބާވަތުގެ މަސްތުވާތަކެތީގެ ފަސް ކިލޯ ވަނީ ކަސްޓަމްސް އިން ވޭތުވެދިޔަ ތިން މަސް ދުވަހު އަތުލައިގެންފައެވެ.
ކަސްޓަމްސް އިން ދެން އަތުލައިގެންފައިވާ މަސްތުވާތަކެތި
އެމްޑީއެމްއޭގެ 1،152 ގްރާމް
މެތަމްފެޓަމިންގެ 570 ގްރާމް
އެމްފެޓަމިންގެ 350 ގްރާމް
އިންޑިއާ އިން ރާއްޖެއަށް 1200 ގަސް ހަދިޔާކޮށްފި
ރަސްމާލެ މަޝްރޫއު: ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓެއް ނުނަގާނެ
ސުޕްރީމް ކޯޓުގެ ފަނޑިޔާރު ކަމަށް ސަމީރު އަދި ރައޫފް ކުރިމަތިލައްވައިފި
ބަޖެޓު 27: އަންނަ އަހަރު އެންމެ ބޮޑު އެހީ ދޭ ގައުމަކީ އިންޑިއާ
ބޯކޮށް ވާރޭ ވެހޭނެ ކަމަށް ލަފާކޮށް ހަ އަތޮޅަކަށް ޔެލޯ އެލާޓު ނެރެފި
ޅައިމަގަށް ނަގޫ ރޯޅިއެއް އަރާ މީހަކަށް އަނިޔާވެއްޖެ