މިއަހަރުގެ ރަމަޟާން މަހުގެ ފަހު ދުވަހަކީ މާދަމާ ކަމަށާއި އަދި ފިތުރު އީދު ދުވަހަކީ މި ހަފްތާގެ ބުދަ ދުވަސް ކަމަށް އިއުލާން ކޮށްފިއެވެ.
ޝައްވާލު މަހުގެ ހަނދު ސާބިތުކުރުމަށް މިރޭ ބޭއްވި ރަސްމިއްޔާތަށް ފަހު އިއްވި ހަނދާ ބެހޭ ބަޔާނުގައި ބުނެފައިވަނީ މިއަދުގެ އިރުއޮއްސުނުއިރު ދިވެހިރާއްޖޭގެ އެއްވެސް ރަށަކަށް އަދި އިސްލާމީ އެއްވެސް ގައުމަކަށްވެސް 1445 ވަނަ އަހަރުގެ ޝައްވާލު މަހުގެ ހަނދު ފެންމަތި ނުވާނެ ކަމަށް އިތުބާރު ހުރި ފަލަކީ ހިސާބުން ކަށަވަރުވެފައިވާ ކަމަށެވެ.
އަދި މިއަދުގެ އިރުއޮއްސުމަށް ފަހުގައި ދިވެހިރާއްޖޭގެ އެއްވެސް ރަށަކަށް އަދި ދުނިޔޭގެ އެއްވެސް އިސްލާމީ ގައުމަކަށް މި އަހަރުގެ ޝައްވާލު މަހުގެ ހަނދު ސާބިތުވެފައިވާ ކަމުގެ ރަސްމީ މައުލޫމާތެއް ލިބިފައިނުވާ ކަމަށެވެ.
އެހެން ކަމުން ރަމަޟާން މަހާއި ޝައްވާލު މަހުގެ ހަނދު ސާބިތުކުރަން ދިވެހިރާއްޖޭގައި އަމަލު ކުރުމަށް ހަމަޖެހިފައިވާ އުސޫލުގައިވާ ގޮތުގެ މަތީން މާދަމާއަކީ މިއަހަރުގެ ރަމަޟާން މަހުގެ 30 ވަނަ ދުވަސް ކަމަށާއި އަދި ބުދަ ދުވަހަކީ މި އަހަރުގެ ފިތުރު އީދު ދުވަސް ކަމުގައި ކަނޑައަޅާ ކަމަށް އެ ބަޔާނުގައިވެއެވެ.
އިންޑިއާ އިން ރާއްޖެއަށް 1200 ގަސް ހަދިޔާކޮށްފި
ރަސްމާލެ މަޝްރޫއު: ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓެއް ނުނަގާނެ
ސުޕްރީމް ކޯޓުގެ ފަނޑިޔާރު ކަމަށް ސަމީރު އަދި ރައޫފް ކުރިމަތިލައްވައިފި
ބަޖެޓު 27: އަންނަ އަހަރު އެންމެ ބޮޑު އެހީ ދޭ ގައުމަކީ އިންޑިއާ
ބޯކޮށް ވާރޭ ވެހޭނެ ކަމަށް ލަފާކޮށް ހަ އަތޮޅަކަށް ޔެލޯ އެލާޓު ނެރެފި
ޅައިމަގަށް ނަގޫ ރޯޅިއެއް އަރާ މީހަކަށް އަނިޔާވެއްޖެ