ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރު ދަމަހައްޓަން ރައްޔިތުންގެ މަޖިލީހުގެ އެތެރެއިންނާއި ބޭރުން ވެސް ކުރެވެން ހުރި ހުރިހާ މަސައްކަތެއް ސާބިތުކަމާއެކު ކުރައްވާނެ ކަމަށް ޕީއެންސީގެ ޗެއާޕާސަން އަދި ފޮނަދޫ ދާއިރާ އަށް ޕީޕީއެމް/ޕީއެންސީގެ ފަރާތުން ވާދަކުރައްވާ ކެންޑިޑޭޓު އަބްދުއްރަހީމް (އަދުރޭ) ވިދާޅުވެއްޖެއެވެ.
މާލޭގައި މިރޭ ބޭއްވި އަދުރޭގެ ކެމްޕެއިން ހަރަކާތެއްގައި ވާހަކަދައްކަވަމުން އޭނާ ވިދާޅުވީ ޕީޕީއެމްގެ އޭރުގެ ލީޑަރު އަދި ކުރީގެ ރައީސް ޔާމީނަށް ރިޔާސީ އިންތިހާބުގައި ވާދަ ނުކުރެވޭނެކަން އެނގުނު ހިސާބުން ޕީޕީއެމް/ޕީއެންސީ ވެރިކަމަށް ގެނައުމަށްޓަކައި އޭނާ އަށް ކުރެވުނު މަސައްކަތްތަކާއި މެދު މިއަދު ފަހުރުވެރިވާ ކަމަށެވެ. އަދި ވިދާޅުވީ ބައެއް ފަރާތްތަކުން އޭރު އޭނާ ކުރީ ކުށެއް ކަމަށް ގަބޫލުކުރި ނަމަވެސް، އެ ކުށަކީ އޭނާ ފަހުރުވެރިވާ ކުށެއް ކަމަށެވެ.
އަދުރޭގެ ދާއިރާ، ފޮނަދޫ ދާއިރާގެ ރައްޔިތުންނަށް އޭނާ ދެއްވި ޔަގީންކަމަކީ ރައީސް މުއިއްޒުގެ ވެރިކަމުގައި އެ ދާއިރާގެ ރައްޔިތުން ބޭނުންވާ ކަންކަން ކޮށްދިނުމަށް ކުރެވެން ހުރި ހުރިހާ މަސައްކަތެއް ކޮށްދެއްވާނެ ކަމެެވެ.
"އަޅުގަނޑު ރައީސް ޑރ. މުއިއްޒަށް އަރުވަން އޮތް ޔަގީންކަމަކީ މަނިކުފާނުގެ ސަރުކާރު ދެމެހެއްޓުމަށްޓަކައި، ރައްޔިތުންގެ މަޖިލީހުގެ އެތެރެއިންނާއި ބޭރުން ކުރަން ޖެހުނު ކޮންމެ މަސައްކަތެއް، ފިސާރި ސާބިތުވެ ހުރެގެން ކުރާނެ ކަމުގެ ޔަގީންކަން،" އަދުރޭ ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ ރައީސް މުއިއްޒު ވެރިކަމަށް ވަޑައިގަތީ ތަސައްވަރަކާއެކު ކަމަށާއި އެ ތަސައްވަރުގައި ކުލަ ޖެއްސުމަށްޓަކައި ރައްޔިތުންގެ މަޖިލިސް ސަރުކާރަށް ބޭނުންވާ ކަމަށެވެ.
ހައިކޯޓާއި ކްރިމިނަލް ކޯޓަށް ފަނޑިޔާރުން އައްޔަންކޮށްފި
ވިޔަފާރިތައް ކުރިއެރުވުމުގެ ބަދަލުގައި ސަރުކާރުން އުޅެނީ ފުނޑާލަން
ދެކުނުގެ ކަނޑު ބެލުމަށް ދަރުމަވަންތައާ ޑްރޯން ހަރަކާތްތެރިވަނީ
ފައިސަލް ހާމަކުރެއްވީ 10 ރިސޯޓުން ރައްޔިތުންނަށް ފައިދާ ނުދެވޭނެކަން
ރިޔާސީ ބަޔާނަކީ އިންތިހާބަށް، ރައްޔިތުންނަށް ދެއްކި ނަނާ ހުވަފެނެއް
މޮރީޝަސްއަށް ފޮނުވި ސިޓީ އަނބުރާ ގެނައުމުގެ ސިޓީގައި ސޮއިކޮށްފި