މިސްކިތެއްގެ ފާހާނާ ތެރޭގައި ކުޑަކުއްޖަކަށް ބުލީކޮށް، އަނިޔާކުރާ މަންޒަރު ފެންނަ ވީޑިއޯއެއް ސޯޝަލް މީޑިއާގައި އާންމުވުމުން އެ ކުއްޖާއަށް އަނިޔާކުރި ބަޔަކު ދެނެގަނެ، އެކަން ސީރިއަސް މައްސަލައެއްގެ ގޮތުގައި ބަލަމުންދާ ކަމަށް ފުުލުހުން ބުނެފިއެވެ.
ސޯޝަލް މީޑިއާގައި އާންމުވެފައިވަ ވީޑިއޯއިން ފެންނަ ގޮތުން ފިރިހެން ކުއްޖަކު މިސްކިތުގެ ފާހާނާ ތެރޭގައި ބަހައްޓައި އެ އުމުރުގެ އެހެން ކުދިންތަކެއް އެ ކުއްޖާއަށް އަނިޔާކުރެއެވެ. އަދި ހުތުރު ބަހުން އެ ކުއްޖާއާ ވާހަކަ ދައްކައި، ކޮޅުފައިން ޖަހާތަން ވެސް ވީޑިއޯއިން ފެނެއެވެ. އަދި އެ ކުއްޖާގެ އަތުގައި އޮތް ފެންފުޅި ބޮލަށް އަޅާލައި، ވަކި ވާހަކަތަކެއް ނުދެއްކުމަށް އިންޒާރު ދީފައިވެއެވެ. އަދި އެގޮތަށް އަނިޔާކުރަން ފެށުމުން، އޭނާ ދޫކޮށްލުމަށް އެދި އެ ކުއްޖާ އާދޭސް ކުރެއެވެ.
ވީޑިއޯކޮށްފައި ވަނީ އެ ކުއްޖާއަށް އަނިޔާކުރި މީހުންނެވެ. އެކަން ކުރަމުންދިޔަ ވަގުތު މިސްކިތުގައި ނަމާދުކުރަމުންދިޔަ އަޑު ވީޑީއޯއިން އިވެއެވެ.
ޗީފް ސްޕްރިންޓެންޑެންޓް އޮފް ޕޮލިސް އަޙްމަދު ޝިފާން ވިދާޅުވީ އެކަން ކުރި ބަޔަކު ދެނެގަތުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ.
ބީއެމްއެލުން ބަހާލީ ރައްޔިތުންގެ ފައިސާ، ލިބޭނެ އިރެއް ނޭނގޭ: އަމްރު
ސަލީމް، ބަޖެޓު ކޮމެޓީގެ މުގައްރިރު ކަމަށް
އަމިއްލަ ކުންފުނިތަކަކާއެކު 206 މަޝްރޫއުއެއްގައި ސޮއިކޮށްފި
އައްޑޫއަށްވީ ތިން ވައުދު ފުދިގެންދާއިރު ވަޒީފާތައް އިތުރުވާނެ
އެމްއެންޑީއެފް އެއާކޯގެ ފުރަތަމަ އެއާ ސްޓޭޝަން ގަމުގައި
ފުލުހުން ތިކަމަށް މާބޮޑު ފިޔަވަޅެއް ނާޅާނެ. ތުއްތު ބޭފުޅުންކަމަށް ބަލާ މައްސަލަ ނިންމާލާނީ. އަނިޔާ ލިބުނު ކުއްޖާ މުޅި ޢުމުރު އެކަމުގެ ޝިކާރައަކަށްވެ އެއަނިޔާގަ ނިމިދާނީ. މަދެކޭގޮތުގަ އެންމެ ރަނގަޅުގޮތަކީ އެކަން ކުރި ޖަނަވާރުން ތަޅާރޯނާ ގަންނަވާލަންވީ. އޭރުން ދެވަނަފަހަރަށް އެކަހަލަ ކަމެއްކުރަން ޖެހިލުންވާނެ. ފުލުހުންނަކީ ހަކުރުވިއްކަން ތިބޭ ބަޔެެއް. އެމީހުން އެކަމުގަ ބައިތިއްބާ
ޢަހުމަދާކީއްވެތަ އެމީހުން އެބުނާ ގޭންގްގެ ނޫހުގަވެސް ޖަހާލަން ނުކެރުނީ
ޙުދުރަސްދޫ އެއްނުން ފުލުހުން ތިބޭނީ ނަމަކައް.. ކަމެއްވާނެ ބައެއް ނޫންތީ އަަހަރެން ހަނދާންވޭ އެހީތެރިކަމަކަށް އެދި ގުޅީމަ މީ ދަންވަރޭ ބޮޑު މީހަ އޮތީ ނިދާފައޭ ބުނިރޭ މަތިތް
ޝަފާ