ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ މާލީ ސިޔާސަތު ހަރުދަނާ ވާނެ ކަމަށް އެމްއޭސީއެލްގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު މުހައްމަދު ލައްމާން ވިދާޅުވެއްޖެއެވެ.
ލައްމާން މިފަދައިން ވިދާޅުވީ މިއަދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައެވެ. އެ ޕޯސްޓުގައި ލައްމާން ވިދާޅުވީ ދައުލަތުގެ މާލިއްޔާ ހަރުދަނާ ވާނީ އެމްޑީޕީގެ ދޯހަޅި އިގްތިސޯދީ ސިޔާސަތަށް ނޫނެކޭ ބުނެގެން ކަމަށެވެ. ރައީސް މުއިއްޒު ސަރުކާރާ ހަވާލުވިއިރު ބޭރުގެ ދަރަނި ދައްކަން އުފައްދާފައިވާ ޑޮލަރު ރައްކާކުރާ ސޮވެރިން ޑިވެލޮޕްމަންޓް ފަންޑުގައި ހުރީ އެންމެ ދެ މިލިއަން ޑޮލަރުކަން ފާހަގަކުރައްވަމުން ލައްމާން ވިދާޅުވީ ފައިސާ ޗާޕު ނުކޮށް، މަޝްރޫއުތައް ހިންގުމާ އެކު އެ ފަންޑަށް 35 މިލިއަން ޑޮލަރު މި ސަރުކާރުން މިހާރު ޖަމާކޮށްފައި ހުންނާނެ ކަމަށެވެ.
"އަދުގެ ރައީސް ޑރ މުޢިއްޒުގެ މާލީ ސިޔާސަތު ހަރުދަނާވާނެ. މުސްތަގުބަލަށް ވިސްނައި، ދިވެހީންގެ ރާއްޖެ މަޖިލީހަށް ހޮވަންވީ ޕީޕީއެމް/ޕީއެންސީގެ ކެނޑިޑޭޓުން،" ލައްމާން ވިދާޅުވިއެވެ.
ދާދިފަހުން ބޭއްވި މަޖިލިސް ކެމްޕެއިން ޖަލްސާއެއްގައި ރައީސް މުއިއްޒު ވަނީ ލޯނު ނުނަގައި، އޯވާޑްރާފްޓު ނުނަގައި 1.1 ބިލިއަން ރުފިޔާގެ ތަރައްގީގެ މަޝްރޫއު ހިންގާފައިވާ ކަމަށް ވިދާޅުވެފައެވެ.
ރައީސް މުއިއްޒު ވިދާޅުވީ ތަރައްގީގެ މަޝްރޫއުތައް މި ސަރުކާރުން ނުހިންގާ ކަމަށް ބުނެ ވެސް އިދިކޮޅު ފަރާތްތަކުން ރައްޔިތުންނަށް އޮޅުވާލަމުން އަންނަ ކަމަށެވެ.
އެގޮތުން ކުރީ ސަރުކާރުން މި މުއްދަތުގައި ޕީއެސްއައިޕީ އަށް 2.88 ބިލިއަން ރުފިޔާ ހަރަދުކޮށްފައިވާ ކަމަށް ބުނާއިރު އޭގެތެރެއިން ދެ ބިލިއަން ރުފިޔާ އަކީ ލޯނެއް ނަގައިގެން ހިންގާފައިވާ މަޝްރޫއުތަކެއް ކަމަށެވެ.
އިލެކްޝަންސްގެ މެންބަރުކަމަށް ޝަކީލް އައްޔަންކޮށްފި
މަޖިލީހުގެ ރަނގަޅު ކޮމެޓީއަކަށް ސޯބެ ނުލާތީ އެމްޑީޕީގެ ކަންބޮޑުވުން
އީސީއަށް ޝަކީލް އައްޔަން ކުރާތީ ހައްޖު ކޯޕަރޭޝަނުން އިސްތިއުފާ ދީފި
ހިމަބިހީގެ އިތުރު ދެ ކޭހެއް، ޖުމްލަ އަދަދު 22 އަށް
ސަރުކާރުން ހިންގާނެ މުހިއްމު 19 މަޝްރޫއުއެއް ކަނޑައަޅައި ރައީސް ގަރާރެ
ލަމްހާ އާއި މާވިންގެ މައްޗަށް މޭރީ މަރާލިކަމުގެ ކުށް ސާބިތުވެއްޖެ