މިއަހަރުގެ ރަމަޟާން މަހުގެ ފުރަތަމަ 10 ދުވަހުގެ ތެރޭގައި ފިތުރު ޒަކާތުގެ ގޮތުގައި 4.5 މިލިއަން ރުފިޔާ ލިބިއްޖެއެވެ.
އިސްލާމިކް މިނިސްޓްރީން މިއަދު ހިއްސާ ކުރި މައުލޫމާތުގައި ބުނެފައި ވަނީ ރޯދަމަހުގެ ފުރަތަމަ 20 ދުވަހު ޒަކާތުގެ ގޮތުގައި 4،499،433 މިލިއަން ރުފިޔާ ލިބިފައިވާ ކަމަށެވެ.
ރޯދަ މަހުގެ ފަހު 10 ބަންދު ދުވަސްތަކެއްގެ ގޮތުގައި ސަރުކާރުން ކަނޑައަޅާފައިވީ ނަމަވެސް އެ ދުވަސްތަކުގައިވެސް އޮންލައިން ކޮށް ޒަކާތް ބަލައިގަންނާނެއެވެ.
އިސްލާމީ މަރުކަޒުގެ ހޯލުން ފިތުރު ޒަކާތް ބަލައިގަތުމަށް ހަމަޖެހިފައިވަނީ ރަސްމީ ދުވަސްތަކުގައި ހެނދުނު 9:30 އިން މެންދުރުފަހު 1:00 އަށް ޒަކާތް ބަލައިގަންނާނެ އެވެ. އަދި ރަމަޟާން މަހުގެ ފަހު 10ގެ ތެރޭގައި އަންނަ ހުކުރު ހޮނިހިރު ފިޔަވާ ކޮންމެ ދުވަހެއްގައިވެސް ހެނދުނު 11:00 އިން މެންދުރުފަހު 14:00 އަށް އިސްލާމީ މަރުކަޒުގެ ހޯލުން ޒަކާތް ބަލައިގަންނާނެ އެވެ.
ފިތުރު ޒަކާތް ބަހަނީ ފަގީރުންނާއި މިސްކީނުންގެ ދަފުތަރުގައި ރަޖިސްޓްރީވާ ފަރާތްތަކަށެވެ.
ސިނަމާލެއިން ތިލަމާލެއަށް: ބިޔަ އިންޖިނިއަރިންގެ އިންގިލާބެއް
އިންޑިއާގެ ކޮންސިއުލޭޓު އޮފީހެއް އައްޑޫގައި ގާއިމްކުރަނީ
އިންޑިއާއާއެކު އޮތް ގުޅުން އިތުރަށް ބަދަހި ކުރާނަން: ރައީސް
ކައުންސިލްތަކުގެ އަތުން ބިން ނަގާ އިސްލާހާ ދެކޮޅަށް ސޮއި ހަމަވެއްޖެ
ކާރިސާތަކުގައި އެހީވުމަށް އިންޑިއާއިން ދައްކުވައިދޭ ނަމޫނާ!
ދޯނި އަޑިއަށް ދިޔަ ފުންމިނުގައި އަސްކަރީ ސަބްމެރިންވެސް ދަތުރުނުކުރާނެ