ބްރިޖުގެ ޓްރެފިކް ބަލަހައްޓަން ހުރި ފުލުހެއްގެ ގައިގައި ޓެކްސީއަކުން ޖެހި މިއަދު އެކްސިޑެންޓެއް ހިނގައިފިއެވެ.
ސީސީޓީވީ ފުޓޭޖުން ފެންނަ ގޮތުގައި ފުލުސް މީހާ ހުރީ ހަވީރުގެ ވަގުތުވުމުން ބްރިޖުގެ ތޮއްޖެހުން ކުޑަ ކުރުމަށް ޓްރެފިކް ބަލަހައްޓާށެވެ. ފުލުސް މީހާ ހުރީ އެއާޕޯޓުން ބްރިޖަށް އަރާ ފަޅީގައެވެ. އަދި އެއާޕޯޓުން ބްރިޖަށް އަރަން ދިޔަ ޓެކްސީއަކުން ފުލުސް މީހާގެ ގައިގައި ޖެހި ކާރު މައްޗަށް ފުލުސް މީހާ ވެއްޓެއެވެ.
ފުލުހުންގެ ތަރުޖަމާން އަހްމަދު ޝިފާން ވިދާޅުވީ ފުލުސް މީހާގެ ހާލު ރަނގަޅު ކަމަށެވެ. އަދި ޓެކްސީ ދުއްވަން އިން މީހާ ހައްޔަރުކޮށް މައްސަލަ ބަލަމުން އަންނަ ކަމަށް ޝިފާން ވިދާޅުވިއެވެ.
ސުޕްރީމް ކޯޓުގެ ފަނޑިޔާރު ކަމަށް ސަމީރު އަދި ރައޫފް ކުރިމަތިލައްވައިފި
ބަޖެޓު 27: އަންނަ އަހަރު އެންމެ ބޮޑު އެހީ ދޭ ގައުމަކީ އިންޑިއާ
ބޯކޮށް ވާރޭ ވެހޭނެ ކަމަށް ލަފާކޮށް ހަ އަތޮޅަކަށް ޔެލޯ އެލާޓު ނެރެފި
ޅައިމަގަށް ނަގޫ ރޯޅިއެއް އަރާ މީހަކަށް އަނިޔާވެއްޖެ
ބޯކޮށް ވާރޭވެހި ކޮލަމާފުށި ފެނު އަޑީގައި