ރާއްޖެ އެތެރެކުރަނިކޮށް އަތުލައިގަތް 72 ކިލޯގެ މަސްތުވާތަކެތީގެ މައްސަލައިގައި އިސް މީހާ ކަމަށް ތުހުމަތުކޮށް ދައުލަތުން ދައުވާކުރާ ސ. ހުޅުދޫ ދޭލިއާގޭ އިރުފާން ތަގިއްޔު އަލުން ބަންދު ކުރުމަށް ކްރިމިނަލް ކޯޓުން އަމުރުކޮށްފިއެވެ.
އިރުފާން ތަގިއްޔު ބަންދުން ދޫކުރަން ނެރުނު އަމުރު ބާތިލްކޮށް، ޝަރީއަތުގެ މަރުހަލާގައި ބަންދުގައި ތިބޭ މީހުންގެ ބަންދު މުރާޖައާ ކުރެވޭ ގޮތް ސުޕްރީމް ކޯޓުން ވަނީ ދާދިފަހުން ހަރުކަށި ކޮށްފައެވެ.
ޑިސެމްބަރު 2020 ގައި ކަނޑުމަގުން ރާއްޖެ އެތެރެކުރަނިކޮށް އަތުލައިގަތް 72 ކިލޯގެ ޑްރަގް މައްސަލައިގައި އެންމެ އިސް މީހެއްގެ ގޮތުގައި ތުހުމަތު ކުރެވޭ އިރުފާން ތަގިއްޔުއަށް އުފުލާފައިވަނީ ޑައިފޯމިން ޓްރެފިކް ކުރުމުގެ ކުށުގެ ދައުވާ އެވެ.
ޝަރީއަތް ނިމެންދެން އޭނާ ބަންދުކޮށްފައިވާއިރު ބަންދުން ދޫކޮށްލަން ކްރިމިނަލް ކޯޓުން ދެ ފަހަރަކު އަމުރުކުރިިއިރު، އޭގެ ތެރެއިން އެންމެ ފަހުން ނެރުނު އަމުރަށް ހައި ކޯޓުން ވެސް ތާއިދުކޮށް އިރުފާން ބަންދުން ދޫކޮށްފައިވަނީ ރަނގަޅަށް ކަމަށް ވަނީ ކަނޑައަޅައިފަ އެވެ.
އެ މައްސަލަ ދައުލަތުން ސުޕްރީމް ކޯޓުގައި އިސްތިއުފާނު ކުރުމުން ސުޕްރީމް ކޯޓުން ވަނީ އިރުފާން ތަގިއްޔު ރިމާންޑް ބަންދުން ދޫކުރުމަށް ކްރިމިނަލް ކޯޓުން ނިންމާފައިވާ ނިންމުމާއި އެ ނިންމުމަށް ތާއީދުކޮށް ހައިކޯޓުން ކުރި ހުކުމް ވެސް ފަނޑިޔާރުންގެ އިއްތިފާގުން ބާތިލުކޮށްފައެވެ.
އިންޑިއާ އިން ރާއްޖެއަށް 1200 ގަސް ހަދިޔާކޮށްފި
ރަސްމާލެ މަޝްރޫއު: ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓެއް ނުނަގާނެ
ސުޕްރީމް ކޯޓުގެ ފަނޑިޔާރު ކަމަށް ސަމީރު އަދި ރައޫފް ކުރިމަތިލައްވައިފި
ބަޖެޓު 27: އަންނަ އަހަރު އެންމެ ބޮޑު އެހީ ދޭ ގައުމަކީ އިންޑިއާ
ބޯކޮށް ވާރޭ ވެހޭނެ ކަމަށް ލަފާކޮށް ހަ އަތޮޅަކަށް ޔެލޯ އެލާޓު ނެރެފި
ޅައިމަގަށް ނަގޫ ރޯޅިއެއް އަރާ މީހަކަށް އަނިޔާވެއްޖެ