ފުލުހުންގެ ބެލުމުގެ ދަށަށް ގެންނަ މަސްތުވާތަކެތި ގެއްލޭ މައްސަލަ ބެލުމަށް ރައްޔިތުންގެ މަޖިލީހުގެ ސަލާމަތީ ހިދުމަތްތަކާ ބެހޭ ކޮމެޓީ (241 ކޮމިޓީ) އިން ނިންމައިފިއެވެ.
ރައްޔިތުން މަޖިލީހުގެ 241 ކޮމެޓީ އަށް އެ މައްސަލަ ހުށަހެޅީ މައްޗަންގޮޅި ދެކުނު ދާއިރާގެ މެމްބަރު އަހުމަދު ހައިތަމެވެ. ހައިތަމްގެ ހުށަހެޅުމަށް ތާއީދު ކުރެއްވީ މަޖިލީހުގެ ނާއިބު ރައީސް އަދި ހޯރަފުށީ ދާއިރާގެ މެންބަރު އަހްމަދު ސަލީމް (ސައްލެ)އެވެ.
ހައިތަމް ވިދާޅުވީ އެކިއެކި އޮޕަރޭޝަންތަކުން ފުލުހުންގެ ބެލުމުގެ ދަށަށް ގެންނަ މަސްތުވާތަކެތި ވާނުވާ ނޭނގި ގެއްލޭ ކަމުގެ މައުލޫމާތު ލިބިފައިވާ ކަމަށެވެ. ދާދިފަހުން ފުލުހުންގެ ކަސްޓަޑީގައި ސްޓޯރޭޖުގައި ބަހައްޓާފައި ހުރި މަސްތުވާތަކެތީގެ ދެބައިކުޅަ އެއްބައި މީދާ ކާލި ކަމުގެ އަޑުތަކެއް ވެސް ފެތުރުނު ކަމަށް ހައިތަމް ވިދާޅުވިއެވެ. އަދި ބައެއް ފުލުހުން އެތަކެތި ނަގައިގެން މަސްތުވާތަކެތީގެ ވިޔަފާރި ކުރާ ކަމުގެ މައުލޫމާތު ވެސް ލިބިފައިވާ ކަމަށް ވިދާޅުވިއެވެ.
މިއަދު ބޭއްވި ކޮމިޓީގެ ބައްދަލުވުމުގައި ވަނީ މި މައްސަލަ ބެލުމަށް ކަމާގުޅުންހުރި ފަރާތްތައް ކޮމިޓީ އަށް ހާޒިރުކުރުމަށް ނިންމައިފައެވެ.
އިންޑިއާ އިން ރާއްޖެއަށް 1200 ގަސް ހަދިޔާކޮށްފި
ރަސްމާލެ މަޝްރޫއު: ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓެއް ނުނަގާނެ
ސުޕްރީމް ކޯޓުގެ ފަނޑިޔާރު ކަމަށް ސަމީރު އަދި ރައޫފް ކުރިމަތިލައްވައިފި
ބަޖެޓު 27: އަންނަ އަހަރު އެންމެ ބޮޑު އެހީ ދޭ ގައުމަކީ އިންޑިއާ
ބޯކޮށް ވާރޭ ވެހޭނެ ކަމަށް ލަފާކޮށް ހަ އަތޮޅަކަށް ޔެލޯ އެލާޓު ނެރެފި
ޅައިމަގަށް ނަގޫ ރޯޅިއެއް އަރާ މީހަކަށް އަނިޔާވެއްޖެ