މާލޭގެ މަގުތައް ހިލޭ ހަދައި ދިނުމަށް ޗައިނާ އިން އެއްބަސްވެފައިވާ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
މައްޗަންގޯޅި މެދު ދާއިރާއަށް ވާދަކުރާ ކެންޑިޑޭޓު އަހުމަދު ޒަމީރުގެ ކެމްޕެއިން ޖަގަހަ ހުޅުވުމުގެ ގޮތުން މިރޭ ބޭއްވި ހަފްލާގައި ވާހަކަދައްކަވަމުން ރައީސް މުއިއްޒު ވިދާޅުވީ އެންމެ އިސްކަމެއް ދީގެން މާލެ ސަރަހައްދުގައި ކުރިޔަށް ގެންދިއުމަށް ނިންމާފައި ވަނީ ބޯހިޔާވަހިކަމުގެ މަޝްރޫއުތަކާއި މަގު ހެދުމުގެ މަސައްކަތް ކަމަށެވެ.
އެގޮތުން ރައީސް ވިދާޅުވީ މާލޭގެ މަގުތައް ހެދުމަށް ޗައިނާއާއެކު މަޝްވަރާތައް ނިމި އެކަމަށް އެގައުމުން އެއްބަސްވެފައިވާ ކަމަށެވެ.
ރައީސް ވިދާޅުވީ މާލޭގެ މަގުތައް ހިލޭ ހަދައިދޭން ޗައިނާ އިން އެއްބަސްވެފައިވާ ކަމަށެވެ. މީގެކުރިން މާލޭގެ މޭޔަރު ކަމުގައި އެމަނިކުފާނު ހުންނެވިއިރު އެ މަސައްކަތް ކުރުމަށް ނިންމިކަން ފާހަގަކުރައްވާ ރައީސް ވަނީ އެކަމަށް ހުރަސް އެޅީ ކުރީގައި އޮތް ސަރުކާރުން ކަމަށް ވިދާޅުވެފައެވެ.
ރައީސް ވިދާޅުވީ ފާއިތުވި ދުވަސްތަކުގައާ އަދި މިހާރުވެސް މަޖިލީހުގެ މެޖޯރިޓީ އޮތީ އެމްޑީޕީގެ އަތުގައި ކަމަށާއި ނަމަވެސް މާލެއަށް އެންމެ ބޭނުން ޖެހިފައިވާ ބޯހިޔާވަހިކަމާއި މަގު ހެދުމުގެ މަސައްކަތް ނުކުރެވިފައިވާ ކަމަށެވެ.
އިންޑިއާ އިން ރާއްޖެއަށް 1200 ގަސް ހަދިޔާކޮށްފި
ރަސްމާލެ މަޝްރޫއު: ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓެއް ނުނަގާނެ
ސުޕްރީމް ކޯޓުގެ ފަނޑިޔާރު ކަމަށް ސަމީރު އަދި ރައޫފް ކުރިމަތިލައްވައިފި
ބަޖެޓު 27: އަންނަ އަހަރު އެންމެ ބޮޑު އެހީ ދޭ ގައުމަކީ އިންޑިއާ
ބޯކޮށް ވާރޭ ވެހޭނެ ކަމަށް ލަފާކޮށް ހަ އަތޮޅަކަށް ޔެލޯ އެލާޓު ނެރެފި
ޅައިމަގަށް ނަގޫ ރޯޅިއެއް އަރާ މީހަކަށް އަނިޔާވެއްޖެ