އިދިކޮޅު އެމްޑީޕީގެ އިސް ލީޑަރުން ދައްކާ އެއްވެސް ވާހަކަފުޅެއްގައި އިހުލާސްތެރިކަމެއް ނެތް ކަމަށާއި އެކަމަށް ދިވެހި ރައްޔިތުން ވިސްނަން ޖެހޭ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
ރައީސް މުއިއްޒު އެފަދައިން ވިދާޅުވީ އަންނަ މަހުގެ 21 ގައި ބާއްވާ ރައްޔިތުންގެ މަޖިލިހުގެ އިންތިހާބުގައި ތ. ވިލުފުށީ ދާއިރާ އަށް ޕީއެންސީގެ ޓިކެޓުގައި ނުކުންނަވާފައިވާ ކެންޑިޑޭޓު ހަސަން ވަހީދުގެ ކެމްޕެއިން ޖަގަހަ ހުޅުވުމަށް ހުޅުމާލޭގައި ރޭ ބޭއްވި ޖަލްސާގައި ވާހަކަދައްކަވަމުންނެވެ.
އެމަނިކުފާނު ވިދާޅުވީ އެމްޑީޕީގެ ސަރުކާރުގައި ހުޅުވާލި ބިންވެރިޔާ އަދި ގެދޮރުވެރިޔާ ސްކީމުން ދޫކުރި ފްލެޓާއި ގޯތިތައް ކުރިޔަށް އޮތް މަޖިލިސް އިންތިހާބުގެ މެޖޯރިޓީ އެމްޑީޕީ އަށް ލިބިއްޖެ ނަމަ ހަވާލު ކުރާނެ ކަމަށް އެޕާޓީގެ ބައެއް އިސް ފަރާތްތަކުން ދައްކަމުން ގެންދާ ކަމަށެވެ. އެ ވާހަކައަށް ފާޑު ވިދާޅުވެ ރައީސް ވަނީ އެމަނިކުފާނު ވެރިކަމަށް ވަޑައިގެންނެވިއިރު ވެސް މަޖިލީހުގެ "ސުޕާ މެޖޯރިޓީ" އޮތީ އެމްޑީޕީގެ އަތުގައި ކަމަށާއި އަދި އެމަނިކުފާނުގެ ވެރިކަމަށް ހަތަރު މަސް ވެގެން ދާއިރު ވެސް އެ މެޖޯރިޓީ އެމްޑީޕީގެ އަތުގައި މިއަދުވެސް އޮތް ކަމަށް ވިދާޅުވެފައެވެ.
އެހެންކަމުން ރައީސް ވަނީ ވޭތުވެދިޔަ ހަތަރު މަސް ދުވަހު ވެސް އެ ފްލެޓާއި ގޯތިތައް ހަވާލު ކުރުމަށް އެމްޑީޕީން އެއްވެސް ކަމެއް ނުކުރާ ކަމަށް ވިދާޅުވެފައެވެ.
"އެބޭފުޅުން އެހާ އިހުލާސްތެރި ނަމަ ކޮންމެހެން އަނެއްކާ އިންތިހާބަކުން މެޖޯރިޓީ [ރައްޔިތުން މަޖިލީހުގެ] ހަވާލު ކުރީމާތޯ އެ ވިދާޅުވާ މިހާރު ނުކޮށް ހުރި ކަންކަން ކުރެވެން އަންނަނީ، ދިވެހި ރައްޔިތުން އެބަޖެހޭ ވިސްނާ ވަޑައިގަންނަވަން. މި ދައްކަނީ ކޮން ވާހަކައެއްތޯ. އެއްވެސް ގޮތަކަށް އިހުލާސްތެރިކަމާއެކީގައި ދެކެވޭ ވާހަކައެއް ނޫންކަން ވަރަށް ފަސޭހައިން އެބަ ފަހުމްވޭ،" ރައީސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ ސަރުކާރުން ކަމެއް ނުކޮށްގެން އެމްޑީޕީ އަށް މަޖިލީހުގެ މެޖޯރިޓީ ދޭން ވަކި ނުޖެހޭ ކަމަށާއި މިހާރުވެސް އޮތް ސުޕަ މެޖޯރިޓީގެ ބޭނުން ކޮށްގެން އެކަމެއް ކުރެވޭނެ ކަމަށެވެ. އެހެންކަމުން ރައީސް ވިދާޅުވީ އެމްޑީޕީން ދައްކަނީ ދެކޮޅު ޖެހޭ ވާހަކަތަކެއް ނޫން ކަމަށެވެ.
ރޭ ވެސް އެމަނިކުފާނު ވަނީ ރިޔާސީ އިންތިހާބުގައި ވެވަޑައިގެންނެވި ހުރިހާ ވައުދެއް ފުއްދަވާނެ ކަމުގެ ޔަގީންކަން ދެއްވައިފައެވެ.
ރައީސް ވިދާޅުވީ ކުރީގެ ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ސަރުކާރުން ދޫކޮށްފައިވާ ފްލެޓުތަކުގެ މައްސަލައިގެ ތަހުގީގު އޭސީސީން ކުރަމުން އަންނާތީ އެ މައްސަލަ ގާތުން ބެލުމަށް ހައުސިން މިނިސްޓްރީ އަށް ދަންނަވާފައި ވާނެ ކަމަށެވެ. އެއްވެސް ރައްޔިތެއްގެ ނަން ލިސްޓުން އުނިވެގެން ދިއުމަކީ ބޭނުންފުޅުވާ ގޮތެއް ނޫން ކަމަށް ވެސް ރައީސް ވިދާޅުވިއެވެ.
"އަޅުގަނޑު ބޭނުމެއް ނޫން އެއްވެސް ބޭފުޅެއް އުނިވާކަށް [ލިސްޓުން]. އިރާދަ ކުރެއްވިއްޔާ މި ބުރު ނުލިބޭ މީހެއް ހުރި ނަމަ ދެން އެންމެ އަވަހަށް ހިންގާ މަޝްރޫއަކުން ފްލެޓު ދޭނަން،" ރައީސް މުއިއްޒު ވިދާޅުވިއެވެ.
 
		 
										
										 
		 
		 
		 ހޯރަފުށިން ސޯލިހަށް "ހިދުމަތުގެ އައްޑަނަ"އެއް އަރުވައިފި
														
							
								ހޯރަފުށިން ސޯލިހަށް "ހިދުމަތުގެ އައްޑަނަ"އެއް އަރުވައިފި								 ތިން ވަނަ ކުއާޓާގައި އެސްޓީއޯއަށް 186 މިލިއަންގެ ފައިދާއެއް
														
							
								ތިން ވަނަ ކުއާޓާގައި އެސްޓީއޯއަށް 186 މިލިއަންގެ ފައިދާއެއް								 ބައްސާމަށް އިތުރު ފަސް އަހަރުގެ ޖަލު ހުކުމެއް
														
							
								ބައްސާމަށް އިތުރު ފަސް އަހަރުގެ ޖަލު ހުކުމެއް								 އަންނަ އަހަރުގެ ބަޖެޓަކީ މިއަހަރުގެ ބަޖެޓަށްވުރެ ކުޑަ ބަޖެޓެއް: ރައީސް
														
							
								އަންނަ އަހަރުގެ ބަޖެޓަކީ މިއަހަރުގެ ބަޖެޓަށްވުރެ ކުޑަ ބަޖެޓެއް: ރައީސް								 އަންނަ އަހަރަށް 64.2 ބިލިއަން ރުފިޔާގެ ބަޖެޓެއް
														
							
								އަންނަ އަހަރަށް 64.2 ބިލިއަން ރުފިޔާގެ ބަޖެޓެއް								 މީޑިއާތަކަށް ގްރާންޓް ދިނުމުގެ ކަންކަން ކޮންޓްރޯލް ކޮމިޝަނާ ހަވާލުކޮށް
														
							
								މީޑިއާތަކަށް ގްރާންޓް ދިނުމުގެ ކަންކަން ކޮންޓްރޯލް ކޮމިޝަނާ ހަވާލުކޮށް								