ކުޑަ ރަށެއް ބޮޑު ރަށެއް ތަފާތު ނުކޮށް ކުރީގެ ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ސަރުކާރުން ފަށާފައިވާ ތަރައްގީގެ ހުރިހާ މަޝްރޫއުއެއް ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުން ހުއްޓާލާފައިވާ ކަމަށް އިދިކޮޅު އެމްޑީޕީގެ ރައީސް ޝާހިދު ވިދާޅުވެއްޖެއެވެ.
މ. ރަތްމަންދޫގައި ހުންނަވާ ޝާހިދު އެކްސްގައި ހިއްސާ ކުރެއްވި ވީޑިއޯއެއްގައި ވިދާޅުވީ އެރަށަކީ ވަރަށް ކުޑަ އާބާދީއެއް އޮތް ރަށެއް ކަމަށެވެ. އެހެންނަމަވެސް އެރަށުގައި ރައީސް ސޯލިހުގެ ސަރުކާރުން ގިނަ މަޝްރޫއުތަކެއް ފަށާފައިވާ ކަމަށް ވިދާޅުވިއެވެ. އޭގެތެރޭގައި ފެނާ ނަރުދަމާގެ މަސައްކަތްތަކާއި އާ އިންޖީނުގޭގެ މަސައްކަތްތައް ޝާހިދު ފާހަގަކުރެއްވިއެވެ.
އޭނާ ވިދާޅުވީ އެރަށުގައި ފަށާފައިވާ ބައެއް މަސައްކަތްތައް ނިމުމަކާއި ގާތް ވެފައިވާ ކަމަށެވެ. އަދި އެހެން ބައެއް މަސައްކަތްތައް އެކި ހިސާބުތަކުގައިވާ ކަމަށެވެ.
އެހެންނަމަވެސް ރައީސް މުއިއްޒުގެ ސަރުކާރު އައި ފަހުން ކުޑަ ރަށެއް ބޮޑު ރަށެއް ތަފާތު ކުރުމެއް ނެތި، ހުރިހާ މަޝްރޫއުއެއް ހުއްޓާލާފައިވާ ކަމަށް ވިދާޅުވެ، ކުރީގެ ރައީސް ސޯލިހު ސަރުކާރުގެ ފޮރިން މިނިސްޓަރަކަށް ހުންނެވި އަދި މިހާރު އިދިކޮޅު އެންމެ ބޮޑު ސިޔާސީ ޕާޓީގެ ރައީސަކަށް ހުންނެވި ޝާހިދު ވަނީ ސަރުކާރަށް ފާޑު ވިދާޅުވެފައެވެ.
ފުރަތަމަ ތިން މަސް ދުވަހުގެ ތެރޭގައި އެކަނި ވެސް ރައީސް ސޯލިހުގެ ސަރުކާރުން 1.7 ބިލިއަން ރުފިޔާ ތަރައްގީގެ މަޝްރޫއުތަކަށް ހަރަދު ކުރެއްވި ކަމަށް ޝާހިދު ވިދާޅުވިއެވެ. މި ސަރުކާރުން ހަރަދު ކޮށްފައި ވަނީ 300 މިލިއަން ރުފިޔާ ކަމަށް ޝާހިދު ވިދާޅުވިއެވެ.
"ރާއްޖޭގެ ރަށްރަށުން ފަށާފައިވާ ތަރައްގީގެ މަސައްކަތްތައް މި ދަނީ ވީރާނާވަމުން،" ޝާހިދު ފާހަގަކުރެއްވިއެވެ.
ޝާހިދު ވިދާޅުވީ ދިވެހި ރައްޔިތުންގެ އިހުސާސްތަކަށް ރައީސް މުއިއްޒުގެ ސަރުކާރުން ފުރަގަސް ދެމުން އަންނަ ކަމަށެވެ.
ޝާމިންގެ ޕާސްޕޯޓް ހިފެހެއްޓުމަށްފަހު، ބަންދުން ދޫކޮށްލައިފި
ޕީއެންސީ ކޮންގްރެސް: ޕާޓީގެ ނާއިބު ރައީސުން އިންތިހާބުކޮށްފި
ރިޔާސީ ޕްރައިމަރީގައި ވާދަކުރާނެކަން ޝަމްހީދު އިއުލާންކޮށްފި
ރާއްޖޭން އެދުނު ގޮތަށް މެލޭޝިއާ އިން 100 މިލިއަން ޑޮލަރުގެ އެހީ ދެނީ
މެލޭޝިއާގެ ބޮޑުވަޒީރު ރާއްޖޭގައި
މުޒާހަރާއަކާ ގުޅިގެން ހައްޔަރުކުރި ޝާމިންގެ ބަންދަށް 10 ދުވަސް