ދިވެހިރާއްޖޭގައި ޒަމާނުއްސުރެ އީދޖ ނަމާދު ކުރަމުން އައިސްފައިވަނީ ހެނދުނު 07:30 ގައި މިސްކިތްތަކުގައި ކަމުގައިވިޔަސް، މިއަހަރުން ފެށިގެން އީދު ނަމާދު ކުރާ ވަގުތު ހެނދުނު 7:00 އަށް ބަދަލު ކުރަން އިސްލާމިކް މިނިސްޓްރީން ނިންމައިފިއެވެ.
އެ މިނިސްޓްރީން އީދު ނަމާދު ކުރާ ވަގުތު ބަދަލު ކުރުމަށް ނިންމި ނިންމުމުގައި ބުނެފައި ވަނީ މީގެކުރިން އީދު ނަމާދުކުރާ ވަގުތަކީ އިރުއަރައި އިރުގެ ހޫނުކަން ގަދަވަމުން އަންނަ ވަގުތަކަށް ވެފައި، މިހާރަކަށް އައިސް ދިވެހިރާއްޖޭގައި މައިދާންތަކާއި ހުސްބިންތަކުގައި އީދު ނަމާދު ކުރަމުން ގެންދާތީ އާއި، އީދު ނަމާދުގެ ޖަމާއަތަށް ހާޒިރުވާ ފަރާތްތަކުގެ ތެރޭގައި ތުއްތު ކުދީންނާއި، އަންހެނުންނާއި، މުސްކުޅިންނާއި، ހާއްސަ އެހީއަށް ބޭނުންވާ ފަރާތްތައް ވެސް ހިމެނޭ ކަމަށެވެ.
އަދި ހޫނުގަދަވުމުގެ ސަބަބުން އެފަދަ ފަރާތްތަކަށް ތަކުލީފުތަކެއް އުފުލަންޖެހޭ ކަމަށް އިސްލާމިކް މިނިސްޓްރީން ބުންޏެވެ.
"ކީރިތި ރަސޫލާ މުހައްމަދު ސއވ ގެ ސުންނަތުން ސާބިތުވާ ގޮތުން ވެސް އެކަލޭގެފާނު އީދު ނަމާދު ކުރައްވާފައި ވަނީ އިރުގެ ހޫނުކަން ގަދަވުމުގެ ކުރިން ޟުޙާ ވަގުތުގައިކަން ފެންނަން އޮތުމާއެކު،" އެ މިނިސްޓްރީން ބުންޏެވެ.
އެހެންކަމުން އާއްމު މަސްލަހަތަށް ރިއާޔަތް ކުރުމަށް ޝަރުއުގައި ކަނޑައަޅުއްވާފައިވާ ގަވާއިދުތަކަށް ރިއާޔަތްކޮށް، މިއަހަރުން ފެށިގެން ދިވެހިރާއްޖޭގައި ފިތުރު އީދު ނަމާދާއި އަޟްހާ އީދު ނަމާދުގެ ޖަމާއަތް ފަށާ ވަގުތަކީ ހެނދުނު 07:00 ކަމުގައި ކަނޑައަޅާފައިވާ ކަމަށެވެ.
ޢީދު ނަމާދުގެ ޖަމާޢަތް ފަށާ ވަގުތު އަވަސްކުރުމަށް ނިންމާފައިވަނީ ރާއްޖޭގެ އިސްލާމީ ފަތުވާދޭ އެންމެ މަތީ މަޖިލީހާއި، ދީނީ ޢިލްމުވެރިންނާއި، އިސްލާމީ ކަންތައްތަކާބެހޭ ވުޒާރާގައި ޤާއިމުކުރެވިފައިވާ ފަލަކީ ހިސާބުތަކާބެހޭ ކޮމެޓީއާއި މަޝްވަރާކުރުމަށް ފަހުގައެވެ.
މިނިންމުން ނިންމާފައިވަނީ، ހިޖުރީ ސަނަތުން 1445 ވަނައަހަރުގެ ރަމަޟާންމަހުގެ 10، މީލާދީ ސަނަތުން 2024 ވަނަ އަހަރުގެ މާރިޗު މަހުގެ 20 ވީ ބުދަ ދުވަހުއެވެ.
ހައިކޯޓާއި ކްރިމިނަލް ކޯޓަށް ފަނޑިޔާރުން އައްޔަންކޮށްފި
ވިޔަފާރިތައް ކުރިއެރުވުމުގެ ބަދަލުގައި ސަރުކާރުން އުޅެނީ ފުނޑާލަން
ދެކުނުގެ ކަނޑު ބެލުމަށް ދަރުމަވަންތައާ ޑްރޯން ހަރަކާތްތެރިވަނީ
ފައިސަލް ހާމަކުރެއްވީ 10 ރިސޯޓުން ރައްޔިތުންނަށް ފައިދާ ނުދެވޭނެކަން
ރިޔާސީ ބަޔާނަކީ އިންތިހާބަށް، ރައްޔިތުންނަށް ދެއްކި ނަނާ ހުވަފެނެއް
މޮރީޝަސްއަށް ފޮނުވި ސިޓީ އަނބުރާ ގެނައުމުގެ ސިޓީގައި ސޮއިކޮށްފި