އިސްލާމީ އުންމަތުގެ އެންމެ އިސް މީހަކަށް މިވަގުތު ހުންނެވީ ތުރުކީގެ ރައީސް ރަޖަބް ތައްޔިބު އުރުދުގާން ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
ރައީސް އެހެން ވިދާޅުވީ ތުރުކީ ސަރުކާރާ ގުޅިގެން ރާއްޖެއަށް ގެނެސްފައިވާ ޑްރޯންތައް އިފްތިތާހު ކުރުމަށް ނ. މާފަރު އިންޓަނޭޝަނަލް އެއާޕޯޓުގައި މިރޭ ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ.
ރައީސް ވިދާޅުވީ އެމްއެންޑީއެފްގެ އެއަރ ކޯރ އިފްތިރާހު ކުރުމުގައި އެންމެ ބޮޑު އެއްބާރުލުމެއް ދެއްވީ އިސްލާމީ އުންމަތް ފަހުރުވެރިވާ ތުރުކީގެ ރައީސް ރަޖަބް ތައްޔިބު އުރުދުގާން ކަމަށެވެ.
"މިކަމުގައި އެންމެ ބޮޑު އެއްބާރުލުމެއް އަޅުގަނޑަށް ދެއްވީ އިސްލާމީ އުންމަތް އެ ބޭފުޅަކަށް ފަހުރުވެރިވާ މި ވަގުތު އިސްލާމީ އުންމަތުގެ އެންމެ އިސް މީހަކަށް އަޅުގަނޑުމެންނަށް ފެންނަ ތުރުކީގެ ރައީސް ރަޖަބް ތައްޔިބު އުރުދުގާން،" ވަޒީރުންނާއި މަޖިލިސް މެމްބަރުންގެ އިތުރުން ގިނަ އަދަދެއްގެ ސިފައިން ބައިވެރިވި ރަސްމިއްޔާތުގައި ރައީސް ވިދާޅުވިއެވެ.
"ރައްޔިތުން އަޅުގަނޑާ ޒިންމާ ހަވާލުކޮށް، ދެ ހަފްތާ ނުވަނީސް އެ ގައުމަށް އަޅުގަނޑަށް ދައުވަތު ދެއްވައި އެމަނިކުފާނު އަޅުގަނޑަށް ކިޔުއްވި ހޫނު މަރުހަބާ އާއި ބެހެއްޓެވި ގާތްކަމަކީ އަދި ދެއްވި ސަމާލުކަމަކީ މިކަން [އެމްއެންޑީއެފް އެއަރ ކޯ އިފްތިތާހުކުރުން] މިއަދު ހަގީގަތަކަށްވުމުގެ އަސްލު."
ރައީސް ވިދާޅުވީ ތިން ޑްރޯންއާ އެކު، އެމްއެންޑީއެފްގެ އެއަރ ކޯރ މިރޭ އިފްތިތާހުކުރި ކަމުގައި ވިޔަސް ކުރިއަށް އޮތްތަނުގައި އެއްވުރެ ގިނަ ޑްރޯން ތުރުކީން ފޯރުކޮށްދޭނެ ކަމަށެވެ.
"އަދި މީގެ ގިނަ އާލަތްތަކަކީ މި ގާތްކަމުގެ ތެރެއިން ދިވެހި ގައުމަށް ހިލޭ ހަދިޔާކުރައްވާފައިވާ ތަކެތިކަން ވެސް އަޅުގަނޑު ފަހުރުވެރިކަމާ އެކުގައި ފާހަގަކުރަން." ރައީސް ވިދާޅުވިއެވެ.
އެމްއެންޑީއެފަށް ގެނައި ޔޫއޭވީ ޑްރޯންތަކަކީ 18،000 އާއި 25،000 ފޫޓު މަތިން އުދުހުމުގެ ގާބިލުކަން ލިބިގެންވާ ޑްރޯންތަކެކެވެ. އަދި 300 ކިލޯމީޓަރު ދުރުން މަރުކަޒަށް މައުލޫމާތު ފޯރުކޮށްދޭނެ ކަމަށާއި ހުއްޓުމެއް ނެތި 27 އާއި 50 ގަޑިއިރު އުދުހުމުގެ ގާބިލް އެ އުޅަނދުތަކަށް ލިބިގެންވާ ކަމަށް އެމްއެންޑީއެފުން ބުނެފައިވެއެވެ.
"އައިޝާ" ޑޮކިއުމަންޓްރީއާ ގުޅިގެން ނެރުނު އަމުރު އިސްތިއުނާފުކޮށްފި
މަޖިލީހުގެ މިހިނގާ ދައުރު މިމަހުގެ ނިޔަލަށް ދަންމާލަނީ
ނާޒިމް ވަކި ކުރުމުގެ މައްސަލަ ހުށަހަޅައިފި
ރައީސަށް ގަޒުފްކުރި ކަމަށް ތުހުމަތުކޮށް އާސިއްޕެ ޕޮލިހަށް
އިންޑިއާ އަށް ވަޑައިގެން އިރުތިޝާމް ޖައިޝަންކަރާ ބައްދަލުކޮށްފި
މަޖިލިސް ނާއިބުކަމުން ނާޒިމް ވަކިކުރަން ސޮއި ހަމަކޮށްފި