އަސްކަރީ ޑްރޯން ހިމެނޭ ގޮތަށް ދިވެހި ސިފައިންގެ އެއަރ ކޯ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު މިރޭ އިފްތިތާހު ކޮށްދެއްވައިފިއެވެ.
ތުރުކީން ގެނައި ޑްރޯންތަކާ އެކު، އެ އުޅަނދުތަކުގެ ބޭސް ސްޓޭޝަނެއްގެ ގޮތުގައި ކަނޑައަޅާފައި ވަނީ ނ. މާފަރެވެ.
ސިފައިންގެ އެއަރ ކޯރ ރައީސް އިފްތިތާހުކޮށްއްދެއްވީ ނ. މާފަރަށް ވަޑައިގެން، އެތަނުގައި ބޭއްވި ރަސްމިއްޔާތެއްގައެވެ. އެ ރަސްމިއްޔާތުގައި ދެ ޑްރޯނެއް ވަނީ ދައްކާލާފައެވެ. އަދި އެއް ޑްރޯން އުދުއްސާލި މަންޒަރު ރައީސް ވަނީ ބައްލަވާލައްވާފައެވެ.
ޑްރޯން އިފްތިރާހުކުރުމަށްފަހު، ހަތް ބަޑީގެ ސަލާމެއް އެރުވިއެވެ.
ޑްރޯންތައް އުދުއްސާލުމަށްފަހު، ކަނޑުމަތީގެ މަންޒަރުތަކާއި މާފަރު އެއާޕޯޓުގެ މަންޒަރުތައް ޑްރޯން މެދުވެރިކޮށް ވަގުތުން ވަނީ ޓީވީން ގެނެސްދީފައެވެ.
އެމްއެންޑީއެފަށް ގެނައި ޔޫއޭވީ ޑްރޯންތަކަކީ 18،000 އާއި 25،000 ފޫޓު މަތިން އުދުހުމުގެ ގާބިލުކަން ލިބިގެންވާ ޑްރޯންތަކެކެވެ. އަދި 300 ކިލޯމީޓަރު ދުރުން މަރުކަޒަށް މައުލޫމާތު ފޯރުކޮށްދޭނެ ކަމަށާއި ހުއްޓުމެއް ނެތި 27 އާއި 50 ގަޑިއިރު އުދުހުމުގެ ގާބިލް އެ އުޅަނދުތަކަށް ލިބިގެންވާ ކަމަށް އެމްއެންޑީއެފުން ބުނެފައިވެއެވެ.
އިންޑިއާއާއެކު އޮތް ގުޅުން އިތުރަށް ބަދަހި ކުރާނަން: ރައީސް
ކައުންސިލްތަކުގެ އަތުން ބިން ނަގާ އިސްލާހާ ދެކޮޅަށް ސޮއި ހަމަވެއްޖެ
ކާރިސާތަކުގައި އެހީވުމަށް އިންޑިއާއިން ދައްކުވައިދޭ ނަމޫނާ!
ދޯނި އަޑިއަށް ދިޔަ ފުންމިނުގައި އަސްކަރީ ސަބްމެރިންވެސް ދަތުރުނުކުރާނެ
އެމްޑީޕީގެ ރައީސްކަމުން ޝާހިދު އިސްތިއުފާ ދެއްވައިފި
ރައީސާ ބައްދަކުރަން ބޭނުންވާ ފަރާތްތަކުގެ ބައްދަލުވުންތައް ފަށައިފި