މާލޭގެ މަގުތަކުގައި ގަވާއިދާ ހިލާފަށް ޕާކު ކޮށްފައި ހުންނަ އުޅަނދުތަކުގެ ތެރެއިން ފާއިތުވެދިޔަ ދެ ދުވަސް ތެރޭގައި 88 އުޅަނދެއް ފުލުހުން ޓޯކޮށްފިއެވެ.
މަގުތަކުގައި ޕާކު ކޮށްފައި ހުންނަ އުޅަނދުތަކުގެ ތެރެއިން ނުގަވާއިދުން ޕާކު ކޮށްފައި ހުންނަ އުޅަނދުތައް ޓޯ ކުރުމުގެ މަސައްކަތް ފުލުހުން ފެށީ މިމަހުގެ ފަސްވަނަ ދުވަހުއެވެ. އެ ދުވަހު ފުލުހުން އެކްސްގައި ކޮށްފައިވާ ޕޯސްޓެއްގައި ބުނީ މަގު ބޭނުންކުރާ ފަރާތްތަކަށް ދަތިވާގޮތަށް ގަވާއިދާ ހިލާފަށް ޕާކުކޮށްފައި ހުރި އުޅަނދުތަކާއި ގިނަ ދުވަސް ވެފައިހުރި އުޅަނދުތައް ނެގުމުގެ މަސައްކަތް ފަށާފައިވާ ކަމަށެވެ.
ފުލުހުން މިމަހުގެ ތިންވަނަ ދުވަހު ނެރުނު ނޫސް ބަޔާނެއްގައި ބުނީ ގަވާއިދާ ހިލާފަށް ޕާކު ކުރާ އުޅަނދުތަކާމެދު އެއްގަމު ދަތުރުފަތުރުގެ ގާނޫނުގެ ހަތްވަނަ މާއްދާގެ ނ. އާއި އެއްގަމު އުޅަނދު ޕާކު ކުރުމުގެ ގަވާއިދުގެ 14 ވަނަ މާއްދާގެ ށ. ގެ ދަށުން ފިޔަވަޅު އަޅާނެ ކަމަށެވެ.
ރޭ އެކްސްގައި ފުލުހުން ކޮށްފައިވާ ޕޯސްޓެއްގައި ބުނީ މިދިޔަ ބުދަ ދުވަހު 40 އުޅަނދެއް ޓޯ ކޮށްފައިވާ ކަމަށެވެ. އަދި ރޭ 48 އުޅަނދެއް ޓޯކޮށްފައިވާ ކަމަށެވެ.
އިންޑިއާ އިން ރާއްޖެއަށް 1200 ގަސް ހަދިޔާކޮށްފި
ރަސްމާލެ މަޝްރޫއު: ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓެއް ނުނަގާނެ
ސުޕްރީމް ކޯޓުގެ ފަނޑިޔާރު ކަމަށް ސަމީރު އަދި ރައޫފް ކުރިމަތިލައްވައިފި
ބަޖެޓު 27: އަންނަ އަހަރު އެންމެ ބޮޑު އެހީ ދޭ ގައުމަކީ އިންޑިއާ
ބޯކޮށް ވާރޭ ވެހޭނެ ކަމަށް ލަފާކޮށް ހަ އަތޮޅަކަށް ޔެލޯ އެލާޓު ނެރެފި
ޅައިމަގަށް ނަގޫ ރޯޅިއެއް އަރާ މީހަކަށް އަނިޔާވެއްޖެ