ކުރީގެ ރައީސް އިބްރާހީމް މުހައްމަދު ސޯލިހްގެ ސަރުކާރުން ފަށާފައިވާ ގެދޮރުވެރިޔާ އަދި ބިންވެރިޔާ ސްކީމާއި ގުޅިގެން ހުށަހަޅާ މައްސަލަތަކާއި ގުޅިގެން ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ލަފާފުޅުގެ ދަށުން އުފެއްދި ހައުސިން ކޮމެޓީ އެކުލަވާލާ އެ ކޮމެޓީގެ ފުރަތަމަ ބައްދަލުވުން ބާއްވައިފިއެވެ.
ހައުސިން މިނިސްޓްރީން މިއަދު ބުނީ ފަސް މެންބަރުން ހިމެނޭ އެ ކޮމެޓީ މިދިޔަ މަހުގެ 26ވަނަ ދުވަހު އެކުލަވާލާފައިވާ ކަމަށެވެ.
ކޮމެޓީގައި ހިމެނޭ މެންބަރުން:
- ނޢޢވ އަނީސާ އަހްމަދު
- އާމިނަތު އީނާސް
- އަބްދުލްއަޒީޒް ޔޫސުފް
- މަރިޔަމް ފިޒާނާ ރަޝީދު
- އަހްމަދު އަލީ މަނިކު
ހައުސިން މިނިސްޓްރީން ބުނީ މިއަދު އެ ކޮމެޓީގެ ފުރަތަމަ ބައްދަލުވުން ބާއްވާފައިވާ ކަމަށާއި އަދި ކޮމެޓީގެ ޗެއާމަން އަކަށް އަނީސާ އައްޔަން ކުރައްވާފައިވާ ކަމަށެވެ.
މީގެއިތުރުން ވައިސް ޗެއާމަނަކަށް އަބްދުލް އަޒީޒް ޔޫސުފް އައްޔަން ކުރައްވާފައިވާ ކަމަށް ވެސް ހައުސިން މިނިސްޓްރީން ބުންޏެވެ.
ޝާމިންގެ ޕާސްޕޯޓް ހިފެހެއްޓުމަށްފަހު، ބަންދުން ދޫކޮށްލައިފި
ޕީއެންސީ ކޮންގްރެސް: ޕާޓީގެ ނާއިބު ރައީސުން އިންތިހާބުކޮށްފި
ރިޔާސީ ޕްރައިމަރީގައި ވާދަކުރާނެކަން ޝަމްހީދު އިއުލާންކޮށްފި
ރާއްޖޭން އެދުނު ގޮތަށް މެލޭޝިއާ އިން 100 މިލިއަން ޑޮލަރުގެ އެހީ ދެނީ
މެލޭޝިއާގެ ބޮޑުވަޒީރު ރާއްޖޭގައި
މުޒާހަރާއަކާ ގުޅިގެން ހައްޔަރުކުރި ޝާމިންގެ ބަންދަށް 10 ދުވަސް