ދިރާގުން ކުރިއަށް ގެންދިޔަ "ވިން އަ ޓެސްލާ" ޕްރޮމޯޝަން ނިމުނުތާ ދޮޅު މަސް ފަހުން، ނަސީބުވެރިންގެ މެދުގައި ގުރުލާނެ ދުވަސް އިއުލާންކޮށްފިއެވެ.
ދިރާގުގެ މެނޭޖަރު، މާކެޓިން ކޮމިއުނިކޭޝަންސް ހަސަން ޝާރިހު އާދަމް ވިދާޅުވީ ޓެސްލާ ކާރުގެ ނަސީބުވެރިޔާ ހޮވުމަށް ކައުންޑައުނެއް ފަށާފައިވާ ކަމަށާއި ނަސީބުވެރިޔާ ހޮވުމުގެ ގުރުނެގުން އޮންނާނީ މިއަހަރުގެ ޖޫން 17ގައި ކަމަށެވެ.
"ޓެސްލާ އޮތީ އަޅުގަނޑުމެން ވަރަށް ރީއްޗަށް ފޮރުވާފައި. ޓެސްލާގެ ލަކީޑްރޯއަށް ބާކީ އިނީ 91 ދުވަސް. އެހެންވީމަ ލަކީޑްރޯގެ ކައުންޑައުން އަޅުގަނޑުމެންގެ އޮފިޝަލީ މި ފެށީ،" ޓީވީއެމް އިން ގެނެސްދޭ "މިވަގުތު" ޕްރޮގްރާމްގައި ވާހަކަ ދައްކަވަމުން ޝާރިހު ވިދާޅުވިއެވެ.
ދިރާގާ އަލަށް ގުޅުނު ކަސްޓަމަރުންނާއި މިހާރުގެ ކަސްޓަމަރުންނަށް ބައިވެރިވެވޭ ގޮތަށް ކުރިއަށް ގެންދިޔަ އެ ޕްރޮމޯޝަން ނިމުނީ މިއަހަރުގެ ޖެނުއަރީ 30ގައެވެ. އެ ޕްރޮމޯޝަން ނިމުނުތާ މިއަދަށް 44 ދުވަސް ވީއިރު ވެސް، ގުރުނަގާފައި ނުވަތީ ސޯޝަލް މީޑިއާގައި ބައެއް މީހުން ދިރާގަށް ފާޑުކިޔާފައިވެއެވެ.
ދިރާގުގެ ނަސީބުވެރިޔާއަށް ދޭން ގެނެސްފައި ވަނީ ޓެސްލާ މޮޑެލް 2ގެ ހުދު ކުލައިގެ ކާރެކެވެ. އެ ކާރު ރާއްޖެ ގެނެސްފައިވެއެވެ.
ހައިކޯޓާއި ކްރިމިނަލް ކޯޓަށް ފަނޑިޔާރުން އައްޔަންކޮށްފި
ވިޔަފާރިތައް ކުރިއެރުވުމުގެ ބަދަލުގައި ސަރުކާރުން އުޅެނީ ފުނޑާލަން
ދެކުނުގެ ކަނޑު ބެލުމަށް ދަރުމަވަންތައާ ޑްރޯން ހަރަކާތްތެރިވަނީ
ފައިސަލް ހާމަކުރެއްވީ 10 ރިސޯޓުން ރައްޔިތުންނަށް ފައިދާ ނުދެވޭނެކަން
ރިޔާސީ ބަޔާނަކީ އިންތިހާބަށް، ރައްޔިތުންނަށް ދެއްކި ނަނާ ހުވަފެނެއް
މޮރީޝަސްއަށް ފޮނުވި ސިޓީ އަނބުރާ ގެނައުމުގެ ސިޓީގައި ސޮއިކޮށްފި