ތިމާވެއްޓަށް އަސަރުފޯރާނެ މިންވަރު ބަޔާންކުރާ ރިޕޯޓް (އީއައިއޭ)އާ ހިލާފަށް ޅ. ހިންނަވަރު މަގުތައް ހެދުމުން މިނިސްޓްރީ އޮފް ކޮންސްޓްރަކްޝަން އެންޑް އިންފްރާސްޓްރަކްޗާ ދެ ލައްކަ ރުފިޔާ އިން ޖޫރިމަނާކޮށްފިއެވެ.
އެންވަޔަރަމަންޓް ޕްރޮޓެކްޝަން އެޖެންސީ (އީޕީއޭ) އިން މިއަދު ބުނީ ހިންނަވަރުގެ މަގު ހެދުމާއި ފެން ހިންދާ ނިޒާމެއް ގާއިމުކުރުމުގެ ގޮތުން އެ އެޖެންސީ އިން ފާސްކޮށްފައިވާ ތިމާވެއްޓަށް އަސަރު ފޯރާނެ މިންވަރު ބަޔާންކުރާ ރިޕޯޓް (އީއައިއޭ) ގައިވާ ކޮންސެޕްޓުގައި ހިމެނިފައިނުވާ މަގުތަކުގައި މަސައްކަތް ކުރުމާއި ގުޅިގެން އެ މައްސަލަ އެ އެޖެންސީން ބަލާފައިވާ ކަމަށެވެ.
އަދި އެ މައްސަލައާ ގުޅިގެން އެއްކުރެވުނު މައުލޫމާތުންނާއި، އެންވަޔަރަމަންޓް މިނިސްޓްރީ އާއި އެ އެޖެންސީ އާއި އަދި އެ މަސައްކަތުގެ ކޮންޓްރެކްޓަރު ރޯޑް ޑެވޮލަޕްމަންޓް ކޯޕަރޭޝަން ލިމިޓެޑް (އާރްޑީސީ)އާ ދެމެދު ބަދަލުކުރެވިފައިވާ ލިޔެކިޔުންތަކަށް ރިއާޔަތްކޮށް ހިންނަވަރުގައި މަގު ހެދުމުގެ މަޝްރޫއުގެ މަސައްކަތް ކޮށްފައިވާކަން އެ އެޖެންސީ އަށް ޔަގީން ކުރެވިފައިވާ ކަމަށެވެ.
އެހެންކަމުން މިނިސްޓްރީ އޮފް ކޮންސްޓްރަކްޝަން އެންޑް އިންފްރާސްޓްރަކްޗާ ދެ ލައްކަ ރުފިޔާ އިން ޖޫރިމަނާ ކުރުމަށް އީޕީއޭ އިން ވަނީ ނިންމައިފައެވެ. އަދި އެފައިސާ އިއްޔެ އިން ފެށިގެން 30 ދުވަހުގެ ތެރޭގައި ދެއްކުމަށް ވަނީ އަންގައިފައެވެ.
ޕީއެންސީ ކޮންގްރެސް: ޕާޓީގެ ނާއިބު ރައީސުން އިންތިހާބުކޮށްފި
ރިޔާސީ ޕްރައިމަރީގައި ވާދަކުރާނެކަން ޝަމްހީދު އިއުލާންކޮށްފި
ރާއްޖޭން އެދުނު ގޮތަށް މެލޭޝިއާ އިން 100 މިލިއަން ޑޮލަރުގެ އެހީ ދެނީ
މެލޭޝިއާގެ ބޮޑުވަޒީރު ރާއްޖޭގައި
މުޒާހަރާއަކާ ގުޅިގެން ހައްޔަރުކުރި ޝާމިންގެ ބަންދަށް 10 ދުވަސް
ކޮންމެ ބޭފުޅަކު ނުކުތަސް، އަޅުގަނޑު ހުންނާނީ ފައްޔާޒާ އެކު: ނަޝީދު