ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންނާއި ކައުންސިލަރުންނާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމެޓީތަކުގެ މެމްބަރުން ޕާޓީ ބަދަލުކުރުމުން ގޮނޑި ގެއްލޭ ގޮތަށް ރައްޔިތުންގެ މަޖިލީހަށް ބިލެއް ހުށަހަޅައިފިއެވެ.
އެމްޑީޕީ އާއި ޑިމޮކްރެޓްސްގެ ތާއީދާ އެކު، މި ބިލު މަޖިލީހަށް ހުށަހެޅުއްވީ ބާރަށު ދާއިރާގެ މެމްބަރު އަހްމަދުއެވެ.
"އެންޓި ޑިފެކްޝަން" ބިލުގެ މަގުސަދަކީ ރައްޔިތުން އިންތިހާބުކުރާ ދައުރުގެ ތެރޭގައި އެ އިންތިހާބުކުރި ސިޔާސީ ފިކުރުގައި ދެމިތިބޭ ބައެއްކަން ކަށަވަރުކުރުމާ އެކު، އިންތިހާބީ މަގާމުތަކުގައި ތިބޭ މީހުންނަކީ މާލީ ނުފޫޒުން އެއްކިބާވެފައިވާ ރައްޔިތުންގެ އިތުބާރު ލިބިގެންވާ ބަޔަކަށް ހެދުމަށް ކަމަށެވެ. މީގެ އިތުރުން ރިކޯލް ވޯޓު ނެގުމާއި ގޮނޑި ހުސްވުމުން ބައި އިލެކްޝަން ބޭއްވުމުގެ ބާރު އިލެކްޝަންސް ކޮމިޝަން (އީސީ) ދިނުމާއި އެ އިޖުރާއަތްތައް އެ ބިލުގައި ބަޔާންކޮށްފައިވެއެވެ.
ރިކޯލް ވޯޓަކީ މެމްބަރަކު މަގާމުގައި އިތުރަށް ބެހެއްޓުމަށް ފެނޭތޯ ބެލުމަށް އެ ދާއިރާގެ ވޯޓުލުމުގެ ހައްގު ލިބިފައިވާ އާބާދީގެ މެދުގައި ނަގާ އާންމު ފެންނަ ނުފެންނަ ވޯޓެކެވެ.
މެމްބަރުންގެ ގޮނޑި ގެއްލޭނެ ހާލަތްތައް:
- އިންތިހާބުވި ޕާޓީން ވަކިވުމަށް އީސީއަށް ހުށަހެޅުން
- އިންތިހާބުވި ޕާޓީ ނޫން އެހެން ޕާޓީއަކަށް ސޮއިކުރުން
- ރިކޯލް ވޯޓެއް ފާސްވެޖެނަމަ ގޮނޑި ގެއްލޭނެ
ރިކޯލް ވޯޓު ނެގޭ ހާލަތްތައް:
- އަމިއްލަ ގޮތުން ހޮވުނު މެމްބަރަކު ޕާޓީއަކަށް ސޮއިކުރުމުން
- ސިޔާސީ ޕާޓީއަކުން އެ މެމްބަރަކު ވަކިކުރުމުން
މުޅި ބިލު ކިޔާލުމަށް ފިއްތާލާ
އާ ވަޒީފާތަކަށް މީހުން ނެގުން މަޑުޖައްސާލަން އަންގައިފިން: ޒަމީރު
ހިޔާލު ހޯދުމުގެ ވޯޓު ހުއްޓުވަން ހުށަހެޅި މައްސަލަ ބަލައެއްނުގަތް
ސަރުކާރުން ފަށާ ޓެކްސީ ލައިންގެ ކާރުތައް ރާއްޖެ ގެންނަން ފަށައިފި
ހަނގުރާމައާ ގުޅޭ ވާހަކައެއް އެމެރިކާ މަންދޫބާއެކު ނުދައްކާނަން
ބޯހިޔާވަހިކަން ލިބުމުން ސަރުކާރަށް ބިންކޮޅު ދޭން ނުޖެހޭ ގޮތް ހަދަނީ