ވޭތުވެދިޔަ 16 ދުވަހުގެ ތެރޭގައި މާލޭގެ މަގުތަކުން 200 އަށްވުރެ ގިނަ ޓަނުގެ ކުނި ނަގައިފިއެވެ.
މާލެ ސިޓީ ކައުންސިލްގެ މޭޔަރު އާދަމް އާޒިމް އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އިއްޔެގެ ހަތަރު ގަޑިއިރުގެ ތެރޭގައި އެކަނިވެސް 22.5 ޓަނުގެ ކުނި ނަގާފައިވާ ކަމަށެވެ.
އަދި ވޭތުވެދިޔަ 16 ދުވަހު 222.5 ޓަނުގެ ކުނި ނެގިއްޖެ ކަމަށާއި އެއީ 25 ފޫޓުގެ 9 ކޮންޓެއިނަރުގެ ކުނި ކަމަށް އާޒިމް ފާހަގަކުރެއްވިއެވެ.
"އަޅުގަނޑު އެދެނީ މަގުމައްޗަކީ ކުނި އަޅާ ތަނަކަށް ނުހެއްދެވުމަށް. ދިރި އުޅޭ ގެދޮރާއި ތިމާގެ ވެށި ސާފުކޮށް ބޭއްވުމަކީ އެންމެނަށް ހިތްފަސޭހަ ކަމަަށް ވެގެން ދާނެކަމެއް،" އާޒިމް ވިދާޅުވިއެވެ.
މާލޭގެ މަގުތަކުގައި މިހާ ގިނަ އަދަދަކަށް ކުނި ގިނަވެފައި މިވަނީ ރޯދައަށް ގެތަށް ސާފު ކުރުމުންނެވެ.
އިންޑިއާ އިން ރާއްޖެއަށް 1200 ގަސް ހަދިޔާކޮށްފި
ރަސްމާލެ މަޝްރޫއު: ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓެއް ނުނަގާނެ
ސުޕްރީމް ކޯޓުގެ ފަނޑިޔާރު ކަމަށް ސަމީރު އަދި ރައޫފް ކުރިމަތިލައްވައިފި
ބަޖެޓު 27: އަންނަ އަހަރު އެންމެ ބޮޑު އެހީ ދޭ ގައުމަކީ އިންޑިއާ
ބޯކޮށް ވާރޭ ވެހޭނެ ކަމަށް ލަފާކޮށް ހަ އަތޮޅަކަށް ޔެލޯ އެލާޓު ނެރެފި
ޅައިމަގަށް ނަގޫ ރޯޅިއެއް އަރާ މީހަކަށް އަނިޔާވެއްޖެ