މަސްވެރިން ބާނާ މަސް ކިރުމަށްފަހު މިދިޔަ ހުކުރު ދުވަހާއި ހަމައަށް ނުދީ ހުރި ފައިސާއާއެކު މަސްވެރިންނަށް ދޭންޖެހޭ ފައިސާތަކުގެ ބެކްލޮގް އެއްކޮށް ސާފުވެއްޖެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
ރައީސް މުއިއްޒު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އިއްޔެ ދެވުނު ފައިސާއާ އެކު، މަސްވެރިންނަށް މިދިޔަ ހުކުރު ދުވަހާ ހިސާބަށް ބޭނި ހުރިހާ މަހަށް ފައިސާ ދީ، މަސްވެރިންގެ ބެކްލޮގް އެއްކޮށް ކްލިއާ ކުރެވިއްޖެ ކަމަށެވެ.
ފިޝަރީޒް މިނިސްޓްރީން އިއްޔެ ބުނީ ރައީސް މުއިއްޒުގެ ވައުދުފުޅާ އެއްގޮތަށް، މިމަހުގެ ހަތްވަނަ ދުވަހުގެ ނިޔަލަށް މަސްވެރިންނަށް ދައްކަން ޖެހި ނުދެއްކި ހުރި ފައިސާ އެފަރާތްތަކަށް ދޫކުރުމުގެ މަސައްކަތް މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީގެ ފަރާތުން މިހާރު ކުރަމުން އަންނަ ކަމަށެވެ.
"އެއާއެކު މަސްވެރިންނަށް ނުދެއްކި ހުރި ހުރިހާ ފައިސާއެއް ދައްކާ ހަލާސްކޮށް ނިމޭނެއެވެ" ފިޝަރީޒް އިން ބުންޏެވެ.
ރ. ދުވާފަރަށް މިފަހުން ވަޑައިގެން އެރަށުގައި ބޭއްވި ޖަލްސާގައި ވާހަކަދައްކަވަމުން ރައީސް މުއިއްޒު ވަނީ ރޯދަ މަސް އަންނަން ވާއިރަށް މަސްވެރިންނަށް ދޭންޖެހޭ ފައިސާ ދެވޭނެ ގޮތްތަކެއް ހަމަޖައްސަވަން މަސައްކަތް ކުރައްވަމުން އަންނަ ކަމަށެވެ. އެގޮތުން ރޯދަމަސް އައުމުގެ ކުރިން އެފައިސާ ދިނުމަށް މަސައްކަތް ކުރައްވާ ކަމަށް ރައީސް ވިދާޅުވިއެވެ.
މިއީ ގައުމީ ވިސްނުމުގައި ގައުމީ މަސައްކަތް ކުރާ ޕާޓީއެއް: ރައީސް
ޒަރޫރީ މުދާ އެތެރެކުރުމަށް އިންޑިއާއިން ރެކޯޑް މިންވަރެއްގެ ކޯޓާއެއް
ވަކިން ގޯއްޗަށް އެދުމުގެ ފުރުސަތު ހުޅުވާލައިފި
ބިންވެރިޔާ އިން ލިބުނު ގޯތި ދޫކޮށްލުމުން ފްލެޓަށް އެދެވޭ ގޮތް ހަދަނީ
އިންޑިއާގެ ތެޔޮ ކުންފުނިތަކަށް ގެއްލުން ކުޑަކުރަން ޑިއުޓީ ކުޑަކޮށްފި