ދެހާސް ނަވާރަވަނަ އަހަރުގެ ތެރޭގައި ވަގުތީ ގޮތުން ބަންދުކުރި އައިޖީއެމްއެޗް މިސްކިތް މަރާމާތު ކުރުމަށްފަހު އަލުން ހުޅުވައިފިއެވެ.
އެ މިސްކިތް ބަންދުކުރީ 2019ވަނަ އަހަރުގެ ސެޕްޓެމްބަރު މަސް ތެރޭގައެވެ. އަލުން އެ މިސްކިތް ހުޅުވާފައި މިވަނީ ގާތްގަނޑަކަށް ފަސް އަހަރު ފަހުންނެވެ.
މިސްކިތް ހުޅުވައިދެއްވީ އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދެވެ.
އެ މިސްކިތް ބަންދު ކުރުމުން ގިނަ ބައެއްގެ ފާޑުކިޔުންތައް މީގެކުރިން އަމާޒުވިއެވެ.
އައިޖީއެމްއެޗްގެ އޭރުގެ މެނޭޖުމަންޓުން ބުނީ އެ މިސްކިތް ބަންދުކުރީ ވަގުތީ ގޮތުން ކަމަށެވެ.
އެެ މިސްކިތް ބަންދުކުރީ، އެ މިސްކިތާ އިންވެެގެން ހުރި ތަނެއްގައި މަރާމާތުގެ މަސައްކަތެއް ކުރިއަށްދާތީ ކަމަށް އޭރުގެ މެނޭޖުމަންޓުން ބުންޏެވެ.
އިންޑިއާ އިން ރާއްޖެއަށް 1200 ގަސް ހަދިޔާކޮށްފި
ރަސްމާލެ މަޝްރޫއު: ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓެއް ނުނަގާނެ
ސުޕްރީމް ކޯޓުގެ ފަނޑިޔާރު ކަމަށް ސަމީރު އަދި ރައޫފް ކުރިމަތިލައްވައިފި
ބަޖެޓު 27: އަންނަ އަހަރު އެންމެ ބޮޑު އެހީ ދޭ ގައުމަކީ އިންޑިއާ
ބޯކޮށް ވާރޭ ވެހޭނެ ކަމަށް ލަފާކޮށް ހަ އަތޮޅަކަށް ޔެލޯ އެލާޓު ނެރެފި
ޅައިމަގަށް ނަގޫ ރޯޅިއެއް އަރާ މީހަކަށް އަނިޔާވެއްޖެ