މާލެ ސަރަހައްދުގެ މަގުތަކުގެ ތޮއްޖެހުން ކުޑަ ކުރުމުގެ ގޮތުން، މަގުތަކުގައި ގިނަ ދުވަސް ވަންދެން ބަހައްޓާފައި ހުންނަ އުޅަނދުތައް ކުނީގެ ގޮތުގައި ނެގުމަށް ކުރިޔަށް ގެންދާ "ޓްރެފިކް ޑިކޮންޖެސްޝަން ޕްރޮގްރާމް" ގެ ދަށުން މިހާތަނަށް 281 އުޅަނދެއް މާލެ ސަރަހައްދުން ނައްތާލައިފިއެވެ.
ޓްރާންސްޕޯޓް މިނިސްޓްރީން އެކްސްގައި ކޮށްފައިވާ ޕޯސްޓެއްގައި މިއަދު ބުނީ "ޓްރެފިކް ޑިކޮންޖެސްޝަން ޕްރޮގްރާމް"ގެ ދަށުން ގިނަ ދުވަސްވަންދެން ބޭނުންނުކޮށް މާލެ އަދި ހުޅުމާލޭގެ މަގުތަކުގައި ބަހައްޓާފައިހުރި އުޅަނދު ތަކުގެ ތެރެއިން މި ހަފްތާގައި ޖުމްލަ 123 އުޅަނދެއް ވަނީ ނައްތާލެވިފައިވާ ކަމަށެވެ.
އެ ޕްރޮގްރާމަކީ މިދިޔަ މަހުގެ 17ވަނަ ދުވަހު ފެށި ޕްރޮގްރާމެކެވެ.
ޓްރާންސްޕޯޓުން މީގެކުރިން ބުނީ އެ ޕްރޮގްރާމަކީ ގްރޭޓާ މާލެ ސަރަހައްދުގައި އެއް ދުވަހުން އަނެއް ދުވަހަށް އެއްގަމުގައި ދުއްވާ އުޅަނދު ގިނަވެ މަގުމަތައް ތޮއްޖެހިފައި ވުމުގެ ސަބަބުން މަގުމަތަކުގެ ސަލާމަތާ ރައްކާތެރިކަން ކަށަވަރުކުރުމަށް ގިނަ ގޮންޖެހުންތަކާ ކުރިމަތިވެފައި ވުމާއެކު އެ ގޮންޖެހުންތަކުން އަރައިގަނެ މަގުމަތަކުގެ ސަލާމަތާ ރައްކާތެރިކަން ރައްޔިތުންނަށް ކަށަވަރު ކޮށްދިނުމަށްޓަކައި ފެށި ޕްރޮގްރާމެއް ކަމަށެވެ.
ޓްރާންސްޕޯޓާއެކު މި މަސައްކަތުގައި މާލެ ސިޓީ ކައުންސިލާއި ފުލުހުންނާއި އެޗްޑީސީ އާއި އެމްޓީސީސީ އާއި ހައުސިން މިނިސްޓްރީގެ އިތުރުން އިކޮނޮމިކް މިނިސްޓްރީން ވެސް އަންނަނީ ބައިވެރިވަމުންނެވެ.
ކޮމިޝަނަރު އޮފް ޕޮލިސްގެ މަގާމަށް އަހުމަދު މުހައްމަދު
ފަސް ސިޓީގެ އަންހެނުން ކޮމެޓީގެ ރައީސާކަންވެސް އެމްޑީޕީއަށް
އުމްރާގެ އަޅުކަމަށް ރައީސްގެ ދެކަނބަލުން މާދަމާ ސައުދީއަށް
އިންތިހާބުގެ ނަތީޖާއަށް އިހުތިރާމް ކުރަން: ރައީސް
މޭޔަރުންގެ ގޮނޑިތައް މިހާރުވެސް ތިއްބެވި އެމްޑީޕީގެ މޭޔަރުންނަށް