މިއަހަރުގެ ރަމަޟާން މަސް މާދަމާ ފެށޭއިރު ކާބޯތަކެތީގެ އަގުހެޔޮ ކުރުމަށް ގިނަ މަސައްކަތްތަކެއް ސަރުކާރުން ކުރަމުން އަންނަ ކަމަަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
ރައީސް މުއިއްޒު އެފަދައިން ވިދާޅުވީ ރައީސް އޮފީހުން ކުރިޔަށް ގެންދާ ސިލްސިލާ ޕްރޮގްރާމް "ރައީސްގެ ޖަވާބު" ޕްރޮގްރާމުގައި އާއްމު ރައްޔިތެއްގެ ސުވާލަށް ޖަވާބު ދެއްވަމުންނެވެ.
ރޯދަމަހާ ދިމާކޮށް ވަކީން ޚާއްޞަކޮށް، ކާބޯތަކެތީގެ އަގު ހެޔޮވާނެ ގޮތްތައް ހައްދަވައިދެއްވުން އެދި ރައްޔިތަކު ދެންނެވި ސުވާލަށް ޖަވާބު ދެއްވަމުން ރައީސް މުއިއްޒު ވިދާޅުވީ އަސާސީ ކާބޯތަކެތި އެސްޓީއޯ މެދުވެރިކޮށް ރައްޔިތުންނަށް ފޯރުކޮށްދިނުމުގެ މަސައްކަތް ސަރުކާރުން މިހާރުވެސް ފަށާފައިވާ ކަމަށެވެ.
އަދި މިއަހަރުގެ ރޯދަމަހު އަގުތައް ހެޔޮ ކުރުމަށް އިތުރު މަސައްކަތްތައް ކުރަމުން އަންނަ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
"އަދި ކުރިޔަށް އޮތް މުސްތަގުބަލުގައި މެދުރާސްތާ އަދި ދުރުރާސްތާގައި އަޅުގަނޑުމެންގެ ޕްލޭނަކީ ރާއްޖޭގައި އުފެއްދޭ ހުރިހާ ކާބޯތަކެތި ރާއްޖޭގައި އުފެއްދޭ ގޮތް ގާއިމްކޮށް ފުޑް ސެކިއުރިޓީ ޔަގީންކުރަން،" ރައީސް ވިދާޅުވިއެވެ.
އެމަނިކުފާނު ވިދާޅުވީ އެކަމުގެ ސަބަބުން ކާބޯތަކެތީގެ އަގު ހެޔޮވެގެން ދާނެ ކަމަށެވެ.
ރޯދަމާއި ދިމާކޮށް ސަރުކާރުން އަންނަނީ އެސްޓީއޯ މެދުވެރިކޮށް، ކޮންމެ ގޭބިސީއަކަށް ހިލޭ ކާޑުގެ ބާވަތްތައް ފޯރުކޮށްދެމުންނެވެ.
އިންޑިއާއާއެކު އޮތް ގުޅުން އިތުރަށް ބަދަހި ކުރާނަން: ރައީސް
ކައުންސިލްތަކުގެ އަތުން ބިން ނަގާ އިސްލާހާ ދެކޮޅަށް ސޮއި ހަމަވެއްޖެ
ކާރިސާތަކުގައި އެހީވުމަށް އިންޑިއާއިން ދައްކުވައިދޭ ނަމޫނާ!
ދޯނި އަޑިއަށް ދިޔަ ފުންމިނުގައި އަސްކަރީ ސަބްމެރިންވެސް ދަތުރުނުކުރާނެ
އެމްޑީޕީގެ ރައީސްކަމުން ޝާހިދު އިސްތިއުފާ ދެއްވައިފި
ރައީސާ ބައްދަކުރަން ބޭނުންވާ ފަރާތްތަކުގެ ބައްދަލުވުންތައް ފަށައިފި