މާލެ ސަރަހައްދުގައި ސަރުކާރުން ހިންގާ ބޯހިޔާވަހިކަމުގެ މަޝްރޫއުތަކުން ރާއްޖޭގެ ހުރިހާ ރައްޔިތުންނަށް ވެސް އެކަމުގެ ފައިދާ ލިބޭނެ ކަމަށާއި ހުރިހާ ރައްޔިތުންނަށް ވެސް ހިޔާވަހިކަން ލިބޭނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
ރައީސް މުއިއްޒާ ސުވާލު ކުރެއްވުމަށް ކުރިޔަށް ގެންދާ "ރައީސްގެ ޖަވާބު" ޕްރޮގްރާމުގައި ދ.މީދޫ، އާސްޓްރާ، ފަރިޔާޟް ހުސައިން ވަނީ އަތޮޅުތަކުގައި ދިރިއުޅޭ ރައްޔިތުންނަށް މާލެ ސަރަޙައްދުން ހިޔާވަހިކަން ލިބޭނެތޯ ސުވާލު ކޮށްފައެވެ.
އެ ސުވާލަށް ޖަވާބު ދެއްވަމުން ރައީސް މުއިއްޒު ވިދާޅުވީ މާލެ ސަރަހައްދުގައި ގާއިމްކުރާ ބޯހިޔާވަހިކަމުގެ މަޝްރޫއުތަކުގައި އެންމެ ފުރަތަމަ ސަރުކާރުން އިސްކަން ދޭނީ މާލެ ސިޓީގެ ހުރިހާ ރައްޔިތުންނަށް ގެދޮރުވެރިކަން ކަށަވަރުކޮށްދިނުން ކަމަށެވެ. ސަބަބެއްގެ ގޮތުން ރައީސް ވަނީ މާލެ ސަރަހައްދުގައި އެތައް އަހަރުތަކެއް ވަންދެން ރަނގަޅު ބޯހިޔާވަހިކަމެއް ނެތް އެތައް ފަރާތްތަކެއް ތިބިކަން ފާހަގަކޮށްފައެވެ.
"މާލެ ސަރަހައްދުގައި ގާއިމުކުރަން މަސައްކަތްކުރާ ގެދޮރުވެރިކަމުގެ ޕްރޮޖެކްޓްސްތަކަކީ ހުރިހާ ރައްޔިތުންނަށް އޭގެ ފުރުސަތު ލިބިގެންދާނެ މަޝްރޫއުތަކެކޭ، އޭގަ މާލޭގެ ހުރިހާ ރައްޔިތުންނަށް ގެދޮރުވެރިކަން ބޭނުންވާ މާލެ ސިޓީގެ ހުރިހާ ރައްޔިތުންނަށް ގެދޮރުވެރިކަން ކަށަވަރުކޮށްދިނުން އެއީ އެންމެ ފުރަތަމަ ކަމަކީ،" ރައީސް މުއިއްޒު ވިދާޅުވިއެވެ.
ރައީސް ވަނީ މީގެކުރިން ވެސް ބޯހިޔާވަހިކަމާއި ގުޅޭ ގޮތުން އެމަނިކުފާނު ދިވެހި ރައްޔިތުންނަށް ދެއްވި ޔަގީންކަން ތަކުރާރު ކުރައްވާފައެވެ. އެގޮތުން އެމަނިކުފާނުގެ ދައުރު ނިމޭއިރު އެއްވެސް ދިވެއްސަކު ބޯހިޔާވަހިކަމުން މަހްރޫމް ނުވާނެކަން ފާހަގަކުރެއްވިއެވެ.
ޕީއެންސީ ކޮންގްރެސް: ޕާޓީގެ ނާއިބު ރައީސުން އިންތިހާބުކޮށްފި
ރިޔާސީ ޕްރައިމަރީގައި ވާދަކުރާނެކަން ޝަމްހީދު އިއުލާންކޮށްފި
ރާއްޖޭން އެދުނު ގޮތަށް މެލޭޝިއާ އިން 100 މިލިއަން ޑޮލަރުގެ އެހީ ދެނީ
މެލޭޝިއާގެ ބޮޑުވަޒީރު ރާއްޖޭގައި
މުޒާހަރާއަކާ ގުޅިގެން ހައްޔަރުކުރި ޝާމިންގެ ބަންދަށް 10 ދުވަސް
ކޮންމެ ބޭފުޅަކު ނުކުތަސް، އަޅުގަނޑު ހުންނާނީ ފައްޔާޒާ އެކު: ނަޝީދު