އައްޑޫ ސިޓީގައި ހަށިވިއްކުމުގެ ވިޔަފާރި ކުރަމުން ދިޔަ ދެ ތަނެއް ރެއިޑުކޮށް ބަޔަކު ހައްޔަރުކޮށްފިއެވެ.
"ހަތާވީސް" އަށް އެނގިފައިވާ ގޮތުގައި ފުލުހުން ރެއިޑު ކޮށްފައި ވަނީ އައްޑޫ ސިޓީ ހިތަދޫ ފުނަގަސްދޮށުގެ އާއި އައްޑޫ ސިޓީ މަރަދޫ ވަން އޮން އިން ނަމަކަށް ކިޔާ ގެސްޓު ހައުސްއެކެވެ. މި ދެ ތަނުން ވެސް ބަޔަކު ވަނީ ހައްޔަރު ކޮށްފައެވެ.
މި އޮޕަރޭޝަނުގައި ފުލުހުން ވަނީ ޖުމްލަ ހަތް މީހަކު ހައްޔަރު ކޮށްފައެވެ. އެގޮތުން މަރަދޫ އިން ތިން ބިދޭސީން ހައްޔަރު ކުރިއިރު ހިތަދޫ އިން ތިން ބިދޭސީ އަންހެނުންނާއި ދިވެހި ފިރިހެނަކު ވަނީ ހައްޔަރު ކޮށްފައެވެ.
މި މައްސަލައާ ގުޅިގެން ފުލުހުން އަދި ރަސްމީކޮށް އެއްވެސް އެއްޗެއް ހާމަ ކޮށްފައެއް ނުވެއެވެ.
އިންޑިއާ އިން ރާއްޖެއަށް 1200 ގަސް ހަދިޔާކޮށްފި
ރަސްމާލެ މަޝްރޫއު: ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓެއް ނުނަގާނެ
ސުޕްރީމް ކޯޓުގެ ފަނޑިޔާރު ކަމަށް ސަމީރު އަދި ރައޫފް ކުރިމަތިލައްވައިފި
ބަޖެޓު 27: އަންނަ އަހަރު އެންމެ ބޮޑު އެހީ ދޭ ގައުމަކީ އިންޑިއާ
ބޯކޮށް ވާރޭ ވެހޭނެ ކަމަށް ލަފާކޮށް ހަ އަތޮޅަކަށް ޔެލޯ އެލާޓު ނެރެފި
ޅައިމަގަށް ނަގޫ ރޯޅިއެއް އަރާ މީހަކަށް އަނިޔާވެއްޖެ