ފަސް އަހަރުގެ ދައުރުގެ ތެރޭގައި މަދުވެގެން ދެ ފަހަރު މީހުން ދިރިއުޅޭ ހުރިހާ ރަށަކަށް ވެސް ދަތުރު ކުރައްވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
މ. މުލަކަށް ވަޑައިގެން އެރަށު ސްކޫލުގައި މިއަދު ބޭއްވި ޖަލްސާގައި ވާހަކަދައްކަވަމުން ރައީސް މުއިއްޒު ވިދާޅުވީ ކައުންސިލްތަކާއެކު ބާއްވާ ބައްދަލުވުންތަކުން ސީދާ އެރަށުގެ ރައްޔިތުން ބޭނުންވާ ގޮތް އެނގިގެންދާ ކަމަށެވެ. އަދި އެއީ އެމަނިކުފާނަށް ލިބިވަޑައިގަންނަވާ ވަރަށް ބޮޑު ހިތްހަމަ ޖެހުމެއް ކަމަށް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ ރައްޔިތުންނާއި ވެސް ސީދާ ބައްދަލުވުމުން މަޝްރޫއުތައް ކުރިޔަށް ގެންދަން ފަސޭހަ ވާނެ ކަމަށެވެ. އަދި އެމަނިކުފާނުގެ އަމާޒަކީ މިއަހަރު ރާއްޖޭގެ މީހުން ދިރިއުޅޭ ހުރިހާ ރަށަކަށް ވެސް ވަޑައިގަތުން ކަމަށް ވިދާޅުވިއެވެ.
""އޭގެ ފަހުން މި މަސައްކަތްތައް ފަށައިގަނެ، އާ މަސައްކަތްތައް ވެސް ކުރިއަށް ދާ ގޮތް ބެލުމަށްޓަކައި އަދި އެއް އަހަރު ފަހުން 2026 ގައި މީގެ ދެވަނަ ރައުންޑެއް ޕްލޭންކޮށްފައި މިއޮތީ،" ރައީސް މުއިއްޒު ވިދާޅުވިއެވެ.
ރައީސް މުއިއްޒު ވެރިކަމާއި ހަވާލުވެވަޑައިގަތުމަށްފަހު މީހުން ދިރިއުޅޭ ހުރިހާ ރަށަކަށް ވަޑައިގަތުމުގެ ދަތުރުފުޅު ފެއްޓެވީ މިދިޔަ މަހުގެ ހަވަނަ ދުވަހުއެވެ. އެމަނިކުފާނު އެންމެ ފުރަތަމަ ވަޑައިގަތީ ތ. ގުރައިދޫ އަށެވެ. އެއީ ރިޔާސީ އިންތިހާބުގައި އެމަނިކުފާނަށް އެންމެ ގިނަ ވޯޓު ލިބިވަޑައިގެންނެވި ރަށެވެ.
އެއާއެކު އެމަނިކުފާނު އަންނަނީ ރާއްޖޭގެ ރަށްތަކަށް ވަޑައިގެން އެރަށްތަކުގެ ރައްޔިތުންނާއި އަދި ކައުންސިލްތަކާއެކު ބައްދަލުވުންތައް ބާއްވަމުންނެވެ. މިހާތަނަށް 100 އަށްވުރެ ގިނަ ކައުންސިލްތަކާއި އެމަނިކުފާނު ވަނީ ބައްދަލުކުރައްވާފައެވެ.
ސަރުކާރުން ބޮޑުކުރި ސިނގިރޭޓުގެ އަގު ހެޔޮކޮށްފި
އުރީދޫގެ ހިދުމަތްތަކަށް ބުރޫ އަރައިފި
ކުރީގެ ރައީސުން މުޒާހަރާ ކުރަން ނިކުންނައިރު ސެކިއުރިޓީ ކަނޑާލަނީ
މަޝްރޫއު އަވަސްކުރަން ޚާއްސަ ޔުނިޓު އުފެއްދުމަކީ ސަރުކާރު ފެއިލްވުން
ސިނގިރޭޓުގެ އަގު ހެޔޮކުރާ ބިލު މުޅި މަޖިލީހުގެ ކޮމެޓީން ފާސްކޮށްފި
މަޝްރޫއުތައް ނިންމަން މިނިސްޓްރީތަކުގައި ހާއްސަ ޔުނިޓެއް