ޗައިނާއާއެކު ރާއްޖޭގެ ޑިފެންސް މިނިސްޓްރީން ސޮއިކުރި އެއްބަސްވުމުން ދިވެހި ސިފައިން ތަމްރީނުކޮށް އަސްކަރީ އާލާތްތައް ފޯރުކޮށްދޭނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
ދ. މީދޫ އަށް ވަޑައިގެން މިރޭ އެރަށު ރައްޔިތުންނާއި ބައްދަލުކުރައްވާ ވާހަކަދައްކަވަމުން ރައީސް މުއިއްޒު ވިދާޅުވީ އަބަދުވެސް ރާއްޖެއާއެކު ޗައިނާ އިން އަސްކަރީ ގުޅުން އޮންނަ ކަމަށެވެ. އެ އެއްބަސްވުމުގެ ސަބަބުން އެ ގުޅުން އިތުރަށް ވަރުގަދަ ވެގެން ދާނެކަން ފާހަގަކުރައްވަމުން ރައީސް މުއިއްޒު ވަނީ އެ އެއްބަސްވުމުގެ ސަބަބުން ދިވެހި ސިފައިންގެ ކެޕޭސިޓީ އިތުރަށް ވަރުގަދަ ވެގެން ދާނެ ކަމަށެވެ.
"އެއީ ހިލޭ އެހީގެ ދަށުން ސިފައިންނަށް ބޭނުންވާ އެކި ކަހަލަ ތަމްރީނުތައް ދިނުމާ އަދި ނޮން ލީތަލް، ލީތަލް ނޫން އެކި ކަހަލަ އާލާތްތައް ހިލޭ ފޯރުކޮށްދިނުމުގެ އެއްބަސްވުމެއް،" އެއްބަސްވުމުގެ ތަފްސީލު ހިއްސާ ކުރައްވަމުން ރައީސް ވިދާޅުވިއެވެ.
އެމަނިކުފާނު ވިދާޅުވީ އެފަދަ ކަންކަން ކުރެވެނީ ދިވެހިން އަމިއްލަ ފައިމައްޗަށް ތެދުވުމަށްޓަކައި ކަމަށެވެ.
"އަޅުގަނޑުމެންގެ އަމިއްލަވަންތަކަމާއި މިނިވަންކަން އިތުރަށް ވަރުގަދަ ކުރުމަށް." ރައީސް އިތުރަށް ފާހަގަކުރެއްވިއެވެ.
ޗައިނާއާއެކު އެއްބަސްވުމެއްގައި ޑިފެންސް މިނިސްޓްރީން ސޮއިކުރީ އިއްޔެއެވެ. އެ އެއްބަސްވުމުގައި ރާއްޖޭގެ ފަރާތުން ސޮއިކުރެއްވީ ޑިފެންސް މިނިސްޓަރު ޣައްސާން މައުމޫނެވެ.
އިންޑިއާ އިން ރާއްޖެއަށް 1200 ގަސް ހަދިޔާކޮށްފި
ރަސްމާލެ މަޝްރޫއު: ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓެއް ނުނަގާނެ
ސުޕްރީމް ކޯޓުގެ ފަނޑިޔާރު ކަމަށް ސަމީރު އަދި ރައޫފް ކުރިމަތިލައްވައިފި
ބަޖެޓު 27: އަންނަ އަހަރު އެންމެ ބޮޑު އެހީ ދޭ ގައުމަކީ އިންޑިއާ
ބޯކޮށް ވާރޭ ވެހޭނެ ކަމަށް ލަފާކޮށް ހަ އަތޮޅަކަށް ޔެލޯ އެލާޓު ނެރެފި
ޅައިމަގަށް ނަގޫ ރޯޅިއެއް އަރާ މީހަކަށް އަނިޔާވެއްޖެ