ކޮވިޑް19 ގެ ބަލިމަޑުކަމުގެ ތެރޭގައި ކުރީގެ ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ސަރުކާރަށް އެމްއެމްއޭއިން ފައިސާ ޗާޕުކުރުން ދިން ހުއްދައިގެ މުއްދަތު އިތުރު ނުކޮށް، ފައިސާ ޗާޕު ކުރުން ނިމުމަކަށް ގެނައުމުގެ ހެޔޮ އަސަރު ފެންނަން ފަށާފައިވާ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
ރައީސް މުއިއްޒު އެފަދައިން ވިދާޅުވީ މިރޭ ދ. މީދޫ ރައްޔިތުންނާއި ބައްދަލުކުރައްވާ ދެއްކެވި ވާހަކަފުޅުގައެވެ. ރައީސް މުއިއްޒު ވިދާޅުވީ ފައިސާ ޗާޕު ކުރުން ހުއްޓާލަން ނިންމީ ދިވެހި ރައްޔިތުންނަށްޓަކައި ކަމަށެވެ. ކުރީ ސަރުކާރުން ކަންކުރި ގޮތަށް ފައިސާ ޗާޕު ކުރަމުން ދިޔަ ރާއްޖެ ބަނގުރޫޓު ވާނެ ކަމަށް ރައީސް ވިދާޅުވިއެވެ. އެމަނިކުފާނު ވިދާޅުވީ ދިވެހި ރުފިޔާގެ އަގު ވެއްޓެމުން ވެއްޓެމުން ގޮސް އަތުގަ ނުޖެހޭ ހިސާބަށް ދާނެ ކަމަށެވެ.
"ވަރަށް ފަސޭހަވީސް ހަމަ ފައިސާ ޗާޕްކޮށްލި ނަމަ. އެ 9 ބިލިއަން ރުފިޔާއަށް ވާވަރަށް ފައިސާ ޗާޕްކޮށްލި ނަމަ އެކަން އެ ނިންމުނީ ނޫންތޯ، އެކަމަކު އެކަން ނުކުރީ ހަމަ ދިވެހި ރައްޔިތުންނަށްޓަކައި،" ރައީސް މުއިއްޒު ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ އެކަމުގެ ހެޔޮ އަސަރެއްގެ ގޮތުން މިހާރު ދިވެހި ރުފިޔާ އަގު ހިފެހެއްޓިފައިވާ ކަމަށެވެ. އަދި ވިދާޅުވީ ޑޮލަރުގެ އަގުވެސް ތިރިވާން ފަށާފައިވާ ކަމަށެވެ.
ރައީސް މުއިއްޒު ފާހަގަކުރެއްވި ގޮތުގައި ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު (ވީއައިއޭ) ތަރައްގީ ކުރުމުގެ މަޝްރޫއު ހަލުވި ކުރުމުގެ އެންމެ ބޮޑު ބޭނުމަކީ ރާއްޖޭގެ އިގްތިސޯދު ރަނގަޅު ކުރުމަށް ކަމަށެވެ. އެމަނިކުފާނު ވިދާޅުވީ އިގުތިސޯދުގައި ބުންވަރު ޖެހޭ މިންވަރަކުން ޓޫރިޒަމް ދާއިރާއަށް ވެސް އިންވެސްޓް ކުރާނެ މީހުން ވާނެ ކަމަށެވެ.
ޝާމިންގެ ޕާސްޕޯޓް ހިފެހެއްޓުމަށްފަހު، ބަންދުން ދޫކޮށްލައިފި
ޕީއެންސީ ކޮންގްރެސް: ޕާޓީގެ ނާއިބު ރައީސުން އިންތިހާބުކޮށްފި
ރިޔާސީ ޕްރައިމަރީގައި ވާދަކުރާނެކަން ޝަމްހީދު އިއުލާންކޮށްފި
ރާއްޖޭން އެދުނު ގޮތަށް މެލޭޝިއާ އިން 100 މިލިއަން ޑޮލަރުގެ އެހީ ދެނީ
މެލޭޝިއާގެ ބޮޑުވަޒީރު ރާއްޖޭގައި
މުޒާހަރާއަކާ ގުޅިގެން ހައްޔަރުކުރި ޝާމިންގެ ބަންދަށް 10 ދުވަސް