އެއްގަމު އުޅަނދު ރަޖިސްޓްރީ ކުރުމުގައި، ގަރާޖުގެ ވެރިފަރާތަށް އެނގުމަކާއި ނުލައި އެ ގަރާޖުތަކުގައި އުޅަނދު ރަޖިސްޓްރީ ކުރަމުންގެންދާ ކަމުގެ ޝަކުވާ ލިބެމުން އަންނަ ކަމަށް ޓްރާންސްޕޯޓު މިނިސްޓްރީން ބުނެފިއެވެ.
ޓްރާންސްޕޯޓުން މިއަދު ނެރެފައިވާ އިއުލާނުގައި ބުނެފައި ވަނީ އެކަމުގެ ޝަކުވާ އެ މިނިސްޓްރީ އަށް ލިބެމުން ދާތީ، އެކަން ހައްލު ކުރުމަށްޓަކައި އަޅަންޖެހޭ ފިޔަވަޅުތައް އަޅަމުން އަންނަ ކަމަށެވެ.
ޓްރާންސްޕޯޓުން ބުނީ އެއްގަމުގައި ދުއްވާ އިންޖީނުލީ އުޅަނދު ރަޖިސްޓްރީ ކުރުމުގެ ގަވާއިދުގެ 4 ވަނަ މާއްދާގެ ދަށުން އެއްގަމުގައި ދުއްވާ އިންޖީނުލީ އުޅަނދުތަކުގެ ތެރެއިން ދެ ފުރޮޅަށްވުރެ ގިނަ ފުރޮޅުލީ އުޅަނދު ރަޖިސްޓްރީ ކޮށްދެވޭނީ އެ އުޅަނދެއް ރަޖިސްޓްރީ ކުރުމަށް ލިޔުންތައް ހުށަހަޅާއިރު، ގަރާޖެއްގައި އެ އުޅަނދު ބޭއްވުމާމެދު ގަރާޖުގެ ވެރިފަރާތުގެ އިއުތިރާޒެއް ނެތްކަމުގެ ލިޔުމަކާއި، ގަރާޖުގެ ވެރިފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީއަކާއި، އުޅަނދު ބާއްވާ ގަރާޖަކީ ރަޖިސްޓްރީކޮށްފައިވާ ގަރާޖެއްކަން އެނގޭނެ ލިޔުންތައް ހުށަހެޅުމުންކަމަށް ބަޔާންކޮށްފައިވާ ކަމަށެވެ.
އެހެންކަމުން އެއްގަމުގައި ދުއްވާ އިންޖީނުލީ އުޅަނދުތަކުގެ ތެރެއިން ދެ ފުރޮޅަށްވުރެ ގިނަ ފުރޮޅުލީ އުޅަނދު ރަޖިސްޓްރީ ކުރުމުގެ މަރުހަލާތައް ގާނޫނާއި ގަވާއިދާ އެއްގޮތަށް، ގަރާޖުގެ ވެރިފަރާތުގެ އިއުތިރާޒު ނުކުރާކަމުގެ ސިޓީގެ ސައްހަކަން ކަށަވަރު ކުރުމުގެ އިތުރުން އުޅަނދު ރަޖިސްޓްރީ ކުރުމަށް ހުށަހަޅާ ގަރާޖަކީ އުޅަނދު ބޭއްވޭގޮތަށް ހުރިތަނެއްތޯ ބެލުމުގެ މަސައްކަތް ކުރިޔަށް ގެންދާނެ ކަމަށެވެ.
ސަރުކާރުން ބޮޑުކުރި ސިނގިރޭޓުގެ އަގު ހެޔޮކޮށްފި
އުރީދޫގެ ހިދުމަތްތަކަށް ބުރޫ އަރައިފި
ކުރީގެ ރައީސުން މުޒާހަރާ ކުރަން ނިކުންނައިރު ސެކިއުރިޓީ ކަނޑާލަނީ
މަޝްރޫއު އަވަސްކުރަން ޚާއްސަ ޔުނިޓު އުފެއްދުމަކީ ސަރުކާރު ފެއިލްވުން
ސިނގިރޭޓުގެ އަގު ހެޔޮކުރާ ބިލު މުޅި މަޖިލީހުގެ ކޮމެޓީން ފާސްކޮށްފި
މަޝްރޫއުތައް ނިންމަން މިނިސްޓްރީތަކުގައި ހާއްސަ ޔުނިޓެއް