ރައްޔިތުން މަޖިލީހުގެ ޖަލްސާތައް ކުރިޔަށް ގެންދިއުމަށް ސަރުކާރަށް ނިސްބަތްވާ ރައްޔިތުން މަޖިލީހުގެ މެންބަރުން ހުރަސް އަޅަމުން އަންނަ ކަމަށް ދަ ޑިމޮކްރެޓްސް އިން ބުނެފިއެވެ.
ރައްޔިތުން މަޖިލީހުން މިއަދު ޖަލްސާ ބާއްވަން އެޖެންޑާ ކުރި ނަމަވެސް، ކޯރަމް ހަމަ ނުވުމުގެ ސަބަބުން މިއަދުގެ ޖަލްސާ ކުރިޔަށް ގެންދެވޭ ގޮތެއް ނުވިއެވެ. އެކަމުގެ ކަންބޮޑުވުން މިއަދު ޑިމޮކްރެޓްސް އިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވަނީ ފާޅުކޮށްފައެވެ.
އެ ބައްދަލުވުމުގައި ބައިވެރިވެވަޑައިގެންނެވި ޑިމޮކްރެޓްސްގެ ޕީޖީ ލީޑަރު އަދި މެދު ހެންވޭރު ދާއިރާގެ މެންބަރު އަލީ އާޒިމް ވިދާޅުވީ މިއަދުގެ ޖަލްސާ އަށް ސަރުކާރުގެ މެންބަރުން ވަތްނަމަ ކޯރަމް ލިބުނީސް ކަމަށެވެ. ނަމަވެސް އެ މެންބަރުން ގަސްތުގައި މަޖިލިސް ބޭއްވުމަށް ހުރަސް އަޅަމުން އަންނަ ކަމަށް އާޒިމް ތުހުމަތު ކުރެއްވިއެވެ.
އާޒިމް ވިދާޅުވީ ރައްޔިތުން މަޖިލީހުގެ އިންތިހާބާއި ގުޅިގެން ގަވާއިދުން ޖަލްސާތައް ނުބާއްވަން ޕީޖީ ލީޑަރުންގެ މެދުގައި މަޝްވަރާކޮށް ނިންމި ނިންމުމަކީ އެޕާޓީ އަށް އެނގިގެން ނިންމާފައިވާ ނިންމުމެއް ނޫން ކަމަށެވެ. އަދި ވިދާޅުވީ އިންތިހާބުގެ ކެމްޕެއިނު ނިމެންދެން ޖަލްސާތައް ގަވާއިދުން ނުބާއްވަން ނިންމުމަކީ މަޖިލިސް މެދުކަނޑާލަން ޖެހޭ ސަބަބެއް ނޫން ކަމަށެވެ.
މަޖިލީހުގެ ކޯރަމް އަކީ 22 މެންބަރުންނެވެ. މިއަދު އެޖެންޑާ ކުރި ޖަލްސާ އަށް ހާޒިރުވެވަޑައިގަތީ 11 މެންބަރުންނެވެ.
ކަނޑުމަގުން އެތެރެކުރި 5،600 ވޭޕް ކާޓްރިޖު އަތުލައިގެންފި
ނަމާދު ވަގުތަށް ކުޅިވަރު ކުޅުން 20 މިނެޓަށް މެދުކަނޑާލަން އަންގައިފި
ކުރިއެރުމާއި ހަމަޖެހުން ބިނާވެގެންވަނީ އެއްބައިވަންތަކަމުގެ މައްޗަށް
ހިތަދޫ އުތުރު ދާއިރާގެ މެމްބަރުކަމުގެ ހުވާ، ސޯބެ ކުރައްވައިފި
ފަސް ތަރީގެ ބްރެޒިލަކަށް މޮރޮކޯގެ ކައިރިން ކުރިއެއް ނުލިބުނު
ޒީނާޒަށް ހެލްތުގެ ސްޓޭޓު މިނިސްޓަރުކަން ދީފި