ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ވެރިކަމުގެ 14 ހަފްތާ ނުވަތަ 100 ދުވަހަށް ކަނޑައަޅާފައިވާ ވައުދުތަކުގެ ތެރެއިން މިނިސްޓްރީތަކަށް ކަނޑައަޅާފައިވާ ވައުދުތައް ސައްތައިން ސައްތަ ފުއްދާފައިވާ ކަމަށް ފިޝަރީޒް މިނިސްޓަރު އަހްމަދު ޝިޔާމް ވިދާޅުވެއްޖެއެވެ.
ރޭ ޕީޕީއެމް / ޕީއެންސީން ބޭއްވި ޖަގަހަ ޖަލްސާއެއްގައި ވާހަކަދައްކަވަމުން ޝިޔާމް ވިދާޅުވީ ވޭތުވެދިޔަ ފަސް އަހަރު ދުވަހު މުޅި ގައުމު ބަނގުރޫޓުކޮށް ފިލާ ތިބި ބަޔަކު، ރައްޔިތުން މަޖިލީހުގެ އިންތިހާބާއި ގުޅިގެން ކުއްލިއަކަށް ފާޅުވެއްޖެ ކަމަށެވެ. މިއަދު ރައީސް މުއިއްޒުގެ ސަރުކާރަށް ފާޑު ވިދާޅުވެ އެބޭފުޅުން ވާހަކަދައްކަވާއިރު އެބޭފުޅުންގެ ސަރުކާރުގެ 100 ދުވަހަށް ވީ ވައުދުތައް ވެސް ފުއްދާފައި ނުވާ ކަމަށް ޝިޔާމް ވިދާޅުވިއެވެ.
ނިމިދިޔަ އެމްޑީޕީގެ ސަރުކާރުގައި ރައްޔިތުންނަށް ވީ ވައުދުތަކުގެ މިސާލު ދައްކަވަމުން ޝިޔާމް ވަނީ އަލަށް އުފަންވާ ކޮންމެ ތުއްތު ކުއްޖަކަށް ހަދިޔާ ފޮށްޓެއް ދޭނެ ކަމަށް ބުނެ ވައުދުވި ކަމަށާއި ނަމަވެސް ފަސް އަހަރުގެ ދައުރެއް ނިންމާލީ ތުއްތު ކުދިންނަށްވީ އެ ވައުދުވެސް ނުފުއްދި ކަމަށް ވިދާޅުވެފައެވެ.
"އަޅުގަނޑު ބައެއް ފަހަރު ހިތަށް އަރާ ފަސް އަހަރު ދިވެހިރާއްޖޭގެ އާބާދީއަށް އެއްވެސް ތުއްތު ކުއްޖަކު އިތުރު ނުވަނީބާއޭ ވެސް ހިތަށް އަރާ. ކޮންމެވެސް ވަރަކަށް އަޅުގަނޑަށް ހީވަނީ ލަދު ގަންނަން ޖެހޭ ކަންނޭނގެ އެބަ ރައްޔިތުން ކުރިމައްޗަށް މިބޭބޭފުޅުން ވަޑައިގެން ވާހަކަފުޅުދައްކަވަން،" ކުރީ ސަރުކާރަށް ފާޑު ވިދާޅުވަމުން ޝިޔާމް ވިދާޅުވިއެވެ.
ޝިޔާމްގެ ވާހަކަފުޅުގައި ރައްޔިތުންނަށް ކުރީގެ ސަރުކާރުން ވީ ވައުދުތައް ނުފުއްދުމުގެ ބަދަލުގައި 122 ބިލިއަން ރުފިޔާ އިން ދިވެހި ގައުމު އެބޭފުޅުން ދަރުވާލީ ކަމަށެވެ. ހިސާބު ޖައްސަވާ ޝިޔާމް ވިދާޅުވީ އެ ދަރަނީގެ ސަބަބުން އަލަށް އުފަންވާ ކޮންމެ ކުއްޖަކު އުފަންވަނީ 2،44،000 ރުފިޔާގެ ދަރަންޏަކާއެކު ކަމަށެވެ.
"މީގެކުރިން ޝާހިދު [އެމްޑީޕީގެ މިހާރުގެ ރައީސް އަދި ކުރީގެ ފޮރިން މިނިސްޓަރު] އެންމެ މޮޅުވާނީ މި ހިސާބު، އެންމެ ރަނގަޅަށް ޖެއްސެވީ އެބޭފުޅުންގެ ސަރުކާރުގައި ވިދާޅުވަމުން ގެންދެވީ ކުރީގެ ސަރުކާރުން މިހާކަށްވަރުގެ ދަރަނި އުފެއްދިއޭ 2013 އިން 2018 އަށް،" ޝިޔާމް ވިދާޅުވިއެވެ.
 
		 
		 
		 
		 ހޯރަފުށިން ސޯލިހަށް "ހިދުމަތުގެ އައްޑަނަ"އެއް އަރުވައިފި
														
							
								ހޯރަފުށިން ސޯލިހަށް "ހިދުމަތުގެ އައްޑަނަ"އެއް އަރުވައިފި								 ތިން ވަނަ ކުއާޓާގައި އެސްޓީއޯއަށް 186 މިލިއަންގެ ފައިދާއެއް
														
							
								ތިން ވަނަ ކުއާޓާގައި އެސްޓީއޯއަށް 186 މިލިއަންގެ ފައިދާއެއް								 ބައްސާމަށް އިތުރު ފަސް އަހަރުގެ ޖަލު ހުކުމެއް
														
							
								ބައްސާމަށް އިތުރު ފަސް އަހަރުގެ ޖަލު ހުކުމެއް								 އަންނަ އަހަރުގެ ބަޖެޓަކީ މިއަހަރުގެ ބަޖެޓަށްވުރެ ކުޑަ ބަޖެޓެއް: ރައީސް
														
							
								އަންނަ އަހަރުގެ ބަޖެޓަކީ މިއަހަރުގެ ބަޖެޓަށްވުރެ ކުޑަ ބަޖެޓެއް: ރައީސް								 އަންނަ އަހަރަށް 64.2 ބިލިއަން ރުފިޔާގެ ބަޖެޓެއް
														
							
								އަންނަ އަހަރަށް 64.2 ބިލިއަން ރުފިޔާގެ ބަޖެޓެއް								 މީޑިއާތަކަށް ގްރާންޓް ދިނުމުގެ ކަންކަން ކޮންޓްރޯލް ކޮމިޝަނާ ހަވާލުކޮށް
														
							
								މީޑިއާތަކަށް ގްރާންޓް ދިނުމުގެ ކަންކަން ކޮންޓްރޯލް ކޮމިޝަނާ ހަވާލުކޮށް								