ބާރު ސްޕީޑުގައި ދުއްވާފައި ދިޔަ ސައިކަލެއް ކޮންޓްރޯލް ނުވެ، ވޭނެއްގައި ޖެހި ޒުވާނަކަށް އަނިޔާވެ ފަރުވާ ދޭން ފަށައިފިއެވެ.
ފުލުހުން މިއަދު ބުނީ ހުޅުމާލޭ ގުލްއަލާމާ ހިނގުމުން ހުޅަނގުން އިރަށް، ބާރު ސްޕީޑުގައި ދުއްވާފައި ދިޔަ ސައިކަލެއް ކޮންޓްރޯލުން ނައްޓައިގެން، އިމިގްރޭޝަން ޑިޓެންޝަން ސެންޓަރު ކުރިމަތީ އޮތް ވޭނެއްގައި ޖެހިފައިވާ މަންޒަރު ރޭ ދަންވަރު 2:32 ހާއިރު ޕެޓްރޯލް ކުރަމުން ދިޔަ ފުލުހުންނަށް ފެނި އެޓެންޑުވެފައިވާ ކަމަށެވެ.
ސައިކަލު ގޮސް ޖެހުނީ އިމިގްރޭޝަންގެ ވޭނެއްގައެވެ. އެ ހާދިސާގައި އަނިޔާވީ 19 އަހަރުގެ ޒުވާނަކަށެވެ. ފުލުހުން ބުނީ އޭނާ އަށް ޓްރީޓޮޕް ހޮސްޕިޓަލުގައި ފަރުވާ ދެމުން އަންނަ ކަމަށެވެ.
އެ ޒުވާނާ ދުއްވި ސައިކަލު ބޭނުން ނުކުރެވޭ ވަރަށް ހަލާކުވެފައިވާއިރު އިމިގްރޭޝަންގެ ވޭނަށްވެސް ގެއްލުންތަކެއް ލިބިފައިވާ ކަމަށް ފުލުހުން ބުންޏެވެ.
އިންޑިއާ އިން ރާއްޖެއަށް 1200 ގަސް ހަދިޔާކޮށްފި
ރަސްމާލެ މަޝްރޫއު: ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓެއް ނުނަގާނެ
ސުޕްރީމް ކޯޓުގެ ފަނޑިޔާރު ކަމަށް ސަމީރު އަދި ރައޫފް ކުރިމަތިލައްވައިފި
ބަޖެޓު 27: އަންނަ އަހަރު އެންމެ ބޮޑު އެހީ ދޭ ގައުމަކީ އިންޑިއާ
ބޯކޮށް ވާރޭ ވެހޭނެ ކަމަށް ލަފާކޮށް ހަ އަތޮޅަކަށް ޔެލޯ އެލާޓު ނެރެފި
ޅައިމަގަށް ނަގޫ ރޯޅިއެއް އަރާ މީހަކަށް އަނިޔާވެއްޖެ