ރައްޔިތުންގެ މަޖިލިސް އޮންނަ ދުވަހަކީ ސަރުކާރު ބަންދު ދުވަހެއްގެ ގޮތުގައި ކަނޑައަޅައި ދިނުމަށް އިލެކްޝަންސް ކޮމިޝަން (އީސީ) އިން ރައީސް އޮފީހުގައި އެދެން ނިންމައިފިއެވެ.
ރައްޔިތުން މަޖިލީހުގެ އިންތިހާބު ބާއްވަން އެންމެ ފުރަތަމަ އިލެކްޝަންސް އިން ނިންމާފައި އޮތީ މިމަހުގެ 17ވަނަ ދުވަހުއެވެ. ނަމަވެސް ރޯދަމަސް ތެރޭގައި އިންތިހާބު ބޭއްވުމާއި އިދިކޮޅު އެމްޑީޕީ އަދި ދަ ޑިމޮކްރެޓްސް އިން ދެކޮޅުވިއެވެ. އެހެންކަމުން އިންތިހާބުތަކާއި ބެހޭ އާއްމު ގާނޫނަށް އިސްލާހު ހުށަހަޅާ އެ ބިލު ފާސްކުރިއެވެ.
ބިލު ފުރަތަމަ ފާސްކުރިއިރު ރައީސް ޑރ. މުހައްމަދު މުއިއްޒު އެ ބިލު ތަސްދީގު ނުކުރައްވާ 15 ދުވަސް ހަމަވުމުން އަނބުރާ މަޖިލީހަށް ފޮނުވާލިއެވެ. ނަމަވެސް މަޖިލީހުން ބިލަށް އެއްވެސް ބަދަލެއް ނުގެނެސް އަލުން ފާސްކުރިއެވެ. އެއާއެކު ރައީސް މުއިއްޒު އެ ބިލު ތަސްދީގު ކުރެއްވިއެވެ.
މިހާރު އިލެކްޝަންސް އިން ނިންމާފައި ވަނީ މަޖިލިސް އިންތިހާބު އަންނަ މަހުގެ 21ވަނަ ދުވަހު ބާއްވާށެވެ. އެ ދުވަހަކީ އާދީއްތަ ދުވަހެކެވެ. ރާއްޖޭގައި މިހާތަނަށް ބާއްވާފައިވާ އިންތިހާބުތައް ބާއްވާފައި ވަނީ ހޮނިހިރެއްގައެވެ. ނަމަވެސް މިފަހަރު އާދީއްތަ ދުވަހެއްގައި އިންތިހާބު ބާއްވާތީ އެކަމާއި ބައެއް ފަރާތްތަކުން ކަންބޮޑުވުން އަންނަނީ ފާޅު ކުރަމުންނެވެ.
އިލެކްޝަންސްގެ އިސް އޮފިޝަލަކު މިއަދު "ހަތާވީސް" އަށް ވިދާޅުވީ އިންތިހާބު އޮންނަ ދުވަސް ބަންދު ކޮށްދިނުމަށް އެދި ރައީސް އޮފީހަށް އެ ކޮމިޝަނުން ސިޓީއެއް ފޮނުއްވާފައި ވާނެ ކަމަށެވެ.
ރައްޔިތުންގެ މަޖިލިސް މިހާރު ބާއްވަން ކަނޑައަޅާފައިވާ ތާރީހުގައި ނުބާއްވައިފި ނަމަ އާ މަޖިލިސް އިންތިހާބު ނުކުރެވިދާނެ ކަމަށް އިލެކްޝަންސް ކޮމިޝަނުގެ ރައީސް ފުއާދު ތައުފީގު އިއްޔެ ވަނީ ވިދާޅުވެފައެވެ.
ހައިކޯޓާއި ކްރިމިނަލް ކޯޓަށް ފަނޑިޔާރުން އައްޔަންކޮށްފި
ވިޔަފާރިތައް ކުރިއެރުވުމުގެ ބަދަލުގައި ސަރުކާރުން އުޅެނީ ފުނޑާލަން
ދެކުނުގެ ކަނޑު ބެލުމަށް ދަރުމަވަންތައާ ޑްރޯން ހަރަކާތްތެރިވަނީ
ފައިސަލް ހާމަކުރެއްވީ 10 ރިސޯޓުން ރައްޔިތުންނަށް ފައިދާ ނުދެވޭނެކަން
ރިޔާސީ ބަޔާނަކީ އިންތިހާބަށް، ރައްޔިތުންނަށް ދެއްކި ނަނާ ހުވަފެނެއް
މޮރީޝަސްއަށް ފޮނުވި ސިޓީ އަނބުރާ ގެނައުމުގެ ސިޓީގައި ސޮއިކޮށްފި