ރައީސް ޑރ. މުހައްމަދު މުއިއްޒު ރާއްޖޭގެ ވެރިކަމާއި ހަވާލުވެވަޑައިގެންނެވިތާ ތިން މަސް ދުވަސް ވެފައިވާއިރު، ވޭތުވެދިޔަ ތިންމަސް ތެރޭގައި އެމަނިކުފާނު 100 ކައުންސިލާ ބައްދަލުކޮށް މަޝްވަރާ ކުރައްވައިފިއެވެ.
މިދިޔަ މަހުން ފެށިގެން ރައީސް މުއިއްޒު އަންނަނީ ރާއްޖޭގެ ރަށްތަކަށް ދަތުރު ކުރައްވަމުންނެވެ. ރާއްޖޭގެ އެންމެ ދެކުނުން ފެށި މި ދަތުރުގައި އެމަނިކުފާނު ވަނީ އައްޑޫ ސިޓީ ފުވައްމުލަކު ސިޓީ އަދި ގއ. ގދ. އަތޮޅުގެ ރަށްތަކަށް ވެސް ދަތުރު ކުރައްވާފައެވެ.
އަދި ދާދިފަހުން އެމަނިކުފާނު ވަނީ ހއ. އަތޮޅާއި ހދ. އަތޮޅުގެ ރަށްތަކަށް ދަތުރު ކުރައްވާފައެވެ. އެއިން ކޮންމެ ރަށަކަށް ވަޑައިގެން އެރަށުގެ ކައުންސިލާ ބައްދަލުކޮށް މަޝްވަރާ ކުރައްވައެވެ.
އިއްޔެ އެމަނިކުފާނު ވަނީ ރ. އަދި ބ. އަތޮޅުގެ ރަށްތަކަށް ދަތުރު ފައްޓަވައިފައެވެ. އެގޮތުން އިއްޔެ ރައީސް ވަނީ އަލިފުށި، ވާދޫ، މީދޫ، ކިނޮޅަސް، ފައިނުގެ އިތުރުން މަޑުއްވަރީ ކައުންސިލާއި ބައްދަލުކުރައްވާފައެވެ.
އެމަނިކުފާނު ރަށްތަކަށް ކުރައްވާ މި ދަތުރުފުޅުގައި 100ވަނަ ކައުންސިލަކަށް ބައްދަލުކޮށް މަޝްވަރާ ކުރައްވާފައި ވަނީ ރަސްގެތީމް ކައުންސިލާއެވެ.
ރާއްޖޭގެ ހުރިހާ އަތޮޅަކަށް ޒިޔާރަތްކުރެއްވުމަށާ، އަތޮޅުތަކާ ރަށްތަކާ ސިޓީތަކުގެ ލޯކަލް ކައުންސިލުތަކާ ބައްދަލުކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ފަށްޓަވައިގެން މިހާރު ކުރިޔަށްގެންދަވާ ސިލްސިލާ ދަތުރުފުޅުތަކުގައި ރައްޔިތުންގެ ހާލުއަހުވާލު ބައްލަވައި ތަރައްޤީގެ މަޝްރޫޢުތައް ތަރުތީބުކުރާނޭގޮތާއިމެދު މަޝްވަރާކުރައްވާނެއެވެ. އަދި ރައްޔިތުން އެންމެ އެދޭ ކަންކަން އޮޅުންފިލުއްވާނެއެވެ.
ރައީސުލްޖުމްހޫރިއްޔާ ވިދާޅުޅުވެފައި ވަނީ އެމަނިކުފާނުގެ އަމާޒަކީ މި ފަސްއަހަރުގެ ތެރޭގައި ރާއްޖޭގެ ކޮންމެ ރަށަކަށްވެސް މަދުވެގެން ދެ ފަހަރު ޒިޔާރަތްކުރެއްވުންކަމުގައެވެ.
 
		 
										
										 
		 
		 
		 ހޯރަފުށިން ސޯލިހަށް "ހިދުމަތުގެ އައްޑަނަ"އެއް އަރުވައިފި
														
							
								ހޯރަފުށިން ސޯލިހަށް "ހިދުމަތުގެ އައްޑަނަ"އެއް އަރުވައިފި								 ތިން ވަނަ ކުއާޓާގައި އެސްޓީއޯއަށް 186 މިލިއަންގެ ފައިދާއެއް
														
							
								ތިން ވަނަ ކުއާޓާގައި އެސްޓީއޯއަށް 186 މިލިއަންގެ ފައިދާއެއް								 ބައްސާމަށް އިތުރު ފަސް އަހަރުގެ ޖަލު ހުކުމެއް
														
							
								ބައްސާމަށް އިތުރު ފަސް އަހަރުގެ ޖަލު ހުކުމެއް								 އަންނަ އަހަރުގެ ބަޖެޓަކީ މިއަހަރުގެ ބަޖެޓަށްވުރެ ކުޑަ ބަޖެޓެއް: ރައީސް
														
							
								އަންނަ އަހަރުގެ ބަޖެޓަކީ މިއަހަރުގެ ބަޖެޓަށްވުރެ ކުޑަ ބަޖެޓެއް: ރައީސް								 އަންނަ އަހަރަށް 64.2 ބިލިއަން ރުފިޔާގެ ބަޖެޓެއް
														
							
								އަންނަ އަހަރަށް 64.2 ބިލިއަން ރުފިޔާގެ ބަޖެޓެއް								 މީޑިއާތަކަށް ގްރާންޓް ދިނުމުގެ ކަންކަން ކޮންޓްރޯލް ކޮމިޝަނާ ހަވާލުކޮށް
														
							
								މީޑިއާތަކަށް ގްރާންޓް ދިނުމުގެ ކަންކަން ކޮންޓްރޯލް ކޮމިޝަނާ ހަވާލުކޮށް								