ރައްޔިތުންގެ މަޖިލިސް މިހާރު ބާއްވަން ކަނޑައަޅާފައިވާ ތާރީހުގައި ނުބާއްވައިފި ނަމަ އާ މަޖިލިސް އިންތިހާބު ނުކުރެވިދާނެ ކަމަށް އިލެކްޝަންސް ކޮމިޝަނުގެ ރައީސް ފުއާދު ތައުފީގު ވިދާޅުވެއްޖެއެވެ.
އާއްމުކޮށް އިންތިހާބުތައް ބާއްވަނީ ހޮނިހިރު ދުވަހަކާއި ދިމާކޮށެވެ. ނަމަވެސް މިއަހަރުގެ މަޖިލިސް އިންތިހާބުގެ ދެވަނަ ތާރީހެއް އިއުލާންކުރިއިރު އިންތިހާބު ބާއްވަން ނިންމާފައި ވަނީ އާދީއްތަ ދުވަހަކަށެވެ.
އެހެންކަމުން އިދިކޮޅު އެމްޑީޕީން އަންނަނީ އެކަމުގެ ކަންބޮޑުވުން ފާޅުކުރަމުންނެވެ.
އެކްސްގައި ފުއާދު ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އޭޕްރީލް 21 ގައި މަޖިލިސް އިންތިހާބު ބާއްވަން ނިންމީ، އެއީ ރޯދަ މަސް ނިމި، ފަހު 10 ދުވަސް ދޫކޮށް އަންނަ ފުރަތަމަ ދުވަހު ކަމަށެވެ.
މިހާރު ކަނޑައަޅާފައި އޮތް ތާރީހަށް ވުރެން މަޖިލިސް އިންތިހާބު ލަސްކޮށްފި ނަމަ، މިހާރު އޮތް މަޖިލިސް އުވުމުގެ އެއް މަސް ދުވަސް ކުރިން އާ މަޖިލިސް އިންތިހާބު ނުކުރެވިދާނެ ކަމަށް ފުއާދު ވިދާޅުވިއެވެ.
މަޖިލިސް އިންތިހާބު ކުރިން ބާއްވަން ނިންމީ މިމަހު 17ގައެވެ.
އިދިކޮޅު އެމްޑީޕީ އާއި ޑިމޮކްރެޓްސް ޕާޓީން ބޭނުންވަނީ ރޯދަމަސް ނިމޭތާ 10 ދުވަސް ފަހުން އިންތިހާބު ބާއްވާށެވެ. އެހެންވެ، އެ ދެ ޕާޓީން ބޭނުންވާ ގޮތަށް ގާނޫނަށް އިސްލާހު ގެނެސް އެ ބޭފުޅުންގެ ކޮންޓްރޯލް އޮންނަ ރައްޔިތުންގެ މަޖިލިހުން ފާސްކުރީ އެވެ.
އިލެކްޝަންސްގެ މެންބަރުކަމަށް ޝަކީލް އައްޔަންކޮށްފި
މަޖިލީހުގެ ރަނގަޅު ކޮމެޓީއަކަށް ސޯބެ ނުލާތީ އެމްޑީޕީގެ ކަންބޮޑުވުން
އީސީއަށް ޝަކީލް އައްޔަން ކުރާތީ ހައްޖު ކޯޕަރޭޝަނުން އިސްތިއުފާ ދީފި
ހިމަބިހީގެ އިތުރު ދެ ކޭހެއް، ޖުމްލަ އަދަދު 22 އަށް
ސަރުކާރުން ހިންގާނެ މުހިއްމު 19 މަޝްރޫއުއެއް ކަނޑައަޅައި ރައީސް ގަރާރެ
ލަމްހާ އާއި މާވިންގެ މައްޗަށް މޭރީ މަރާލިކަމުގެ ކުށް ސާބިތުވެއްޖެ