ރައްޔިތުން މަޖިލީހުގެ ޖުޑީޝަރީ ކޮމެޓީގެ މުގައްރިރު ކަމުގެ މަގާމަށް ވިލިނގިލި ދާއިރާގެ މެންބަރު ސައުދު ހުސައިން ހޮވައިފިއެވެ.
ޝަރުއީ ދާއިރާއާ ގުޅުންހުރި މައްސަލަތައް މަޖިލީހުގައި ބަލާ ޖުޑީޝަރީ ކޮމެޓީގެ މުގައްރިރު ކަމުގެ މަގާމަށް ސައުދު ހޮވާފައި ވަނީ މިއަދު ބޭއްވި އެ ކޮމެޓީގެ ބައްދަލުވުމުގެ ތެރޭގައެވެ.
ޖުޑީޝަރީ ކޮމެޓީއަކީ 19ވަނަ ރައްޔިތުންގެ މަޖިލީހުން އުފެއްދި ކޮމެޓީއެކެވެ.
މި ކޮމިޓީގެ މަސްއޫލިއްޔަތުތަކުގެ ތެރޭގައި ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ ދަށުން އުފައްދާފައިވާ ޝަރުޢީ ދާއިރާއާ ގުޅުންހުރި މުއައްސަސާތަކާގުޅޭ ކަންކަން ދިރާސާކުރުމާއި ޝަރުޢީ ދާއިރާއާ ގުޅުންހުރި މުއައްސަސާތަކުގެ ސިޔާސަތުތަކަށް ގެންނަންޖެހޭ ބަދަލެއް އޮތްނަމަ، އެކަން ފާހަގަކޮށް ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުމާއި، ޝަރުޢީ ދާއިރާއާ ގުޅުންހުރި ބިލުތައް ދިރާސާކޮށް، ފުރިހަމަކޮށް، ރައްޔިތުންގެ މަޖިލީހުން ރިޢާޔަތްކޮށްދިނުން އެދި ހުށަހެޅުން ހިމެނެއެވެ.
އިންޑިއާ އިން ރާއްޖެއަށް 1200 ގަސް ހަދިޔާކޮށްފި
ރަސްމާލެ މަޝްރޫއު: ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓެއް ނުނަގާނެ
ސުޕްރީމް ކޯޓުގެ ފަނޑިޔާރު ކަމަށް ސަމީރު އަދި ރައޫފް ކުރިމަތިލައްވައިފި
ބަޖެޓު 27: އަންނަ އަހަރު އެންމެ ބޮޑު އެހީ ދޭ ގައުމަކީ އިންޑިއާ
ބޯކޮށް ވާރޭ ވެހޭނެ ކަމަށް ލަފާކޮށް ހަ އަތޮޅަކަށް ޔެލޯ އެލާޓު ނެރެފި
ޅައިމަގަށް ނަގޫ ރޯޅިއެއް އަރާ މީހަކަށް އަނިޔާވެއްޖެ