ރައީސުލްޖުމްހޫރިއްޔާ ކަމުގެ ހުވާ ކުރެއްވުމަށްފަހު މުލީއާގޭގައި ކުރަމުން ދިޔަ މަރާމާތުތައް ނިމެންދެން އަމިއްލަ ގެކޮޅު މ. ދިމްޔާތުގައި ހުންނެވިއިރުގައި ހުރިހާ ހަރަދެއް ވެސް ކުރެއްވީ އަމިއްލަފުޅަށް ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
ރައީސް މުއިއްޒު އެފަދައިން ވިދާޅުވީ އެމަނިކުފާނު ދިމްޔާތުގައި ހުންނެވިއިރު 25 މިލިއަން ރުފިޔާ ހަރަދުވި ކަމަށާއި އަދި ފަރިއްކޮޅަށް 30 މިލިއަން ރުފިޔާ ހަރަދުވި ކަމަށް ބުނެ ނޫހެއްގައި ލިޔެފައިވާ ލިޔުމަކާއި ގުޅިގެން ރައީސް އޮފީހުން ސިލްސިލާ ގޮތެއްގައި ގެނެސްދެމުން އަންނަ "ރައީސްގެ ޖަވާބު" ޕްރޮގްރާމްގައި އާއްމު ފަރާތަކުން ކުރި ސުވާލަކަށް ޖަވާބު ދެއްވަމުންނެވެ.
ރައީސް ވިދާޅުވީ މިއަދު އެމަނިކުފާނަށް ފެނިގެން ދަނީ ކުރިއާ ހިލާފަށް އެއްވެސް ހަގީގަތެއް ނެތް އެތައް ވާހަކަތަކެއް ދައްކަމުން ގެންދާ މަންޒަރު ކަމަށެވެ.
"އެއީ ހަމަ ކަނޑައެޅިގެން ދޮގު ވާހަކައެއް. އަޅުގަނޑު ގޭގައި ހުރީ އަޅުގަނޑު އަމިއްލަ އަށް ހަރަދު ކޮށްގެން. ދައުލަތުގެ އެއްވެސް ރުފިޔާއެއް އަދި އެއްވެސް ރުފިޔާއެއް ނީންނާނެ ހަރަދު ކޮށްފައެއް. އަދި އެއްވެސް ކަމަކަށް ހަރަދެއް ނުވެސް ކުރުވަން،" ރައީސް މުއިއްޒު ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ އަމިއްލަ ގެކޮޅުގައި ހުންނެވި ނަމަވެސް އުސޫލު އޮންނަނީ ދައުލަތުން ހަރަދު ކުރާ ގޮތަށް ކަމަށެވެ. ނަމަވެސް އަމިއްލަފުޅު ގެކޮޅަށް ދައުލަތުން އެއްވެސް ހަރަދެއް ކުރަން ބޭނުންފުޅު ނުވާ ކަމަށް ރައީސް ވިދާޅުވިއެވެ.
ރައީސްގެ ދެކަނބަލުން މުލީއާގެ އަށް ބަދަލުވެވަޑައިގަތީ އެތަނުގައި ކުރަންހުރި މަރާމާތުތައްކޮށް ނިމުމުން މިމަހުގެ ހަތްވަނަ ދުވަހުއެވެ. އެ ދުވަހާއި ޖެހެންދެން ރައީސްގެ ދެކަނބަލުން އަދި އާއިލާ އުޅުއްވީ ދިމްޔާތުގައެވެ.
 
		 
										
										 
		 
		 
		 ހޯރަފުށިން ސޯލިހަށް "ހިދުމަތުގެ އައްޑަނަ"އެއް އަރުވައިފި
														
							
								ހޯރަފުށިން ސޯލިހަށް "ހިދުމަތުގެ އައްޑަނަ"އެއް އަރުވައިފި								 ތިން ވަނަ ކުއާޓާގައި އެސްޓީއޯއަށް 186 މިލިއަންގެ ފައިދާއެއް
														
							
								ތިން ވަނަ ކުއާޓާގައި އެސްޓީއޯއަށް 186 މިލިއަންގެ ފައިދާއެއް								 ބައްސާމަށް އިތުރު ފަސް އަހަރުގެ ޖަލު ހުކުމެއް
														
							
								ބައްސާމަށް އިތުރު ފަސް އަހަރުގެ ޖަލު ހުކުމެއް								 އަންނަ އަހަރުގެ ބަޖެޓަކީ މިއަހަރުގެ ބަޖެޓަށްވުރެ ކުޑަ ބަޖެޓެއް: ރައީސް
														
							
								އަންނަ އަހަރުގެ ބަޖެޓަކީ މިއަހަރުގެ ބަޖެޓަށްވުރެ ކުޑަ ބަޖެޓެއް: ރައީސް								 އަންނަ އަހަރަށް 64.2 ބިލިއަން ރުފިޔާގެ ބަޖެޓެއް
														
							
								އަންނަ އަހަރަށް 64.2 ބިލިއަން ރުފިޔާގެ ބަޖެޓެއް								 މީޑިއާތަކަށް ގްރާންޓް ދިނުމުގެ ކަންކަން ކޮންޓްރޯލް ކޮމިޝަނާ ހަވާލުކޮށް
														
							
								މީޑިއާތަކަށް ގްރާންޓް ދިނުމުގެ ކަންކަން ކޮންޓްރޯލް ކޮމިޝަނާ ހަވާލުކޮށް								