ހއ. ކެލާ އަށް ވެވަޑައިގެންނެވި ހުރިހާ ވައުދެއް ވެސް ފުއްދަވައި ދެއްވާނެ ކަމުގެ ޔަގީންކަން އެރަށުގެ ރައްޔިތުންނަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ދެއްވައިފިއެވެ.
އުތުރުގެ ރަށްތަކަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި މިއަދު ހއ. ކެލާ އަށް ވަޑައިގެން އެރަށު ރައްޔިތުންނާއި ބައްދަލުކުރައްވާ ވާހަކަދައްކަވަމުން ރައީސް މުއިއްޒު ވިދާޅުވީ ކެލާގެ ތަރައްގީއަށް ޓޫރިޒަމް އެރަށުގައި ތަރައްގީ ކުރައްވާނެ ކަމަށެވެ. އެގޮތުން އެރަށު ފަޅުގައި ރިޒޯޓެއް ތަރައްގީ ކުރުމަކީ އެންމެ މުހިންމު މަޝްރޫއުގެ ގޮތުގައި ރައީސް ވަނީ ފާހަގަކުރައްވާފައެވެ.
"އެ މަޝްރޫއު ހަގީގަތަކަށް ހަދައިދޭނަން. ދެންމެ ޓޫރިޒަމް މިނިސްޓަރުގެ ފަރާތްޕުޅުން އިކޮނޮމިކް މިނިސްޓަރު އެކަމުގެ ބައެއް ތަފްސީލު ހިއްސާ ކުރެއްވި. އަދި އޭގެއިތުރަށްވެސް، ހިނގަމުންދާ ޓޫރިޒަމް މަޝްރޫއުވެސް އެބައޮތް، މި ފަޅުގެ ތެރޭގައި. އަދި އޭގެ ސަބަބުން ފައިދާ ވާނީ މި ރަށަށް އެކަންޏެއް ނޫން. ހަމަ އެހެން ރަށްތަކަށްވެސް ފައިދާވާނެ. މި އަތޮޅަށް ފައިދާވާނެ،" ރައީސް މުއިއްޒު ވިދާޅުވިއެވެ.
ކެލާ އަކީ ދަނޑުވެރިކަން ވެސް ކުރާ ރަށެއްކަން ފާހަގަކުރައްވަމުން ރައީސް ވަނީ އެރަށުގެ ދަނޑުވެރިންނަށް ގިނަ ކަންތައްތަކެއް ކޮށްދެއްވާނެ ކަމަށް ވިދާޅުވެފައެވެ.
"މި ރަށުގެ ދަނޑުވެރިކަމަކީ، ކުރިއަށް އޮތް ދުވަސްތަކުގައި ވަރަށް ފުޅާވާނެ ދަނޑުވެރިކަމެއް ކަމުގައި އަޅުގަނޑަށް ފެނޭ. ތިޔަބޭފުޅުންނަށް ހަމަ ވަރަށްބޮޑު ޔަގީންކަމެއް ދިނުމުގެ ގޮތުން އެކަން ދަންނަވާލަން އަޅުގަނޑު ބޭނުން،" ރައީސް މުއިއްޒު ވިދާޅުވިއެވެ.
އިންޑިއާ އިން ރާއްޖެއަށް 1200 ގަސް ހަދިޔާކޮށްފި
ރަސްމާލެ މަޝްރޫއު: ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓެއް ނުނަގާނެ
ސުޕްރީމް ކޯޓުގެ ފަނޑިޔާރު ކަމަށް ސަމީރު އަދި ރައޫފް ކުރިމަތިލައްވައިފި
ބަޖެޓު 27: އަންނަ އަހަރު އެންމެ ބޮޑު އެހީ ދޭ ގައުމަކީ އިންޑިއާ
ބޯކޮށް ވާރޭ ވެހޭނެ ކަމަށް ލަފާކޮށް ހަ އަތޮޅަކަށް ޔެލޯ އެލާޓު ނެރެފި
ޅައިމަގަށް ނަގޫ ރޯޅިއެއް އަރާ މީހަކަށް އަނިޔާވެއްޖެ