އއ. މާޅޮހުގެ ކައުންސިލް ގޮނޑިއެއް ފުރަތަމަ ފަހަރަށް ޕީޕީއެމް/ޕީއެންސީ އަށް ލިބިއްޖެއެވެ.

މިއަދު ބޭއްވި ބައި އިލެކްޝަނަކީ އއ. މާޅޮސް ކައުންސިލްގައި އަންހެނުންނަށް ހާއްސަ ކޮށްފައިވާ ކައުންސިލްގެ ގޮނޑި ހުސްވުމާއި ގުޅިގެން ބޭއްވި ބައި އިލެކްޝަނެކެވެ. މި ބައި އިލެކްޝަނުގައި ޕީޕީއެމް/ޕީއެންސީގެ އިތުރުން އިދިކޮޅު އެމްޑީޕީގެ ކެންޑިޑޭޓަކު ވެސް ވަނީ ވާދަ ކޮށްފައެވެ.

މި ބައިލެކްޝަން ކާމިޔާބު ކުރީ ޕީޕީއެމް/ޕީއެންސީގެ ފަރާތުން ވާދަކުރި ކެންޑިޑޭޓު އއ. މާޅޮސް، މާހާ / އާމިނަތު މާޔާއެވެ. މިއީ ޕީޕީއެމް/ޕީއެންސީ އަށް މާޅޮހު ކައުންސިލްގެ ގޮނޑިއެއް ލިބުނު ފުރަތަމަ ފަހަރެވެ.

ވޯޓުގެ ނަތީޖާ / މާޅޮސް ވޯޓު ފޮށި:

- ޕީޕީއެމް/ޕީއެންސީ ކެންޑިޑޭޓު: 148

- އެމްޑީޕީގެ ކެންޑިޑޭޓު: 103

- ބާތިލް: 6

- ޖުމްލަ: 257

ވޯޓުގެ ނަތީޖާ / މާލޭ ވޯޓު ފޮށި:

- ޕީޕީއެމް/ޕީއެންސީ ކެންޑިޑޭޓު: 119

- އެމްޑީޕީގެ ކެންޑިޑޭޓު: 61

- ބާތިލް: 9

- ޖުމްލަ: 189

މިއީ މާޅޮހުގެ ސިޔާސީ ހަޔާތުގައި ފުރަތަމަ ފަހަރަށް ޕީއެންސީ/ޕީޕީއެމްއަށް އެރަށު ކައުސިލްގެ ގޮނޑިއެއް ކާމިޔާބު ކުރެވުނު ފުރަތަމަ ފަހަރަށްވީއިރު އެމްޑީޕީ ފިޔަވައި އެހެން ސިޔާސީ ޕާޓީއަކަށް މާޅޮހު ކައުންސިލްގެ ގޮނޑިއެއް ވެސް ކާމިޔާބު ކުރެވުނު ފުރަތަމަ ފަހަރެވެ.