މިހާރު ހަމަޖެހިފައިވާ ގޮތަށް އަންނަ މަހުން ފެށިގެން ފުލުހުންނާއި ސިފައިންގެ މުސާރަ ބޮޑުވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
ރައްޔިތުން ބޭނުންވާ ކޮންމެ ސުވާލަކަށް ޖަވާބު ދިނުމުގެ ގޮތުން ސަރުކާރުން ކުރިޔަށް ގެންދާ އާއްމު ފޯރަމްގައި މީހަކު ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން ރައީސް މުއިއްޒު ވިދާޅުވީ އަންނަ މާޗު މަހުން ފެށިގެން ފުލުހުންނާއި ސިފައިންގެ މުސާރަ ބޮޑު ކުރަން ވަނީ ހަމަޖެހިފައި ކަމަށެވެ.
އޮފީސް އޮފް ދަ ކޮމިޝަނާގެ ހެޑް ޗީފް ސުޕްރިޓެންޑެންޓް އޮފް ޕޮލިސް މުހައްމަދު ޝިފާން މިދިޔަ މަހުގެ ތިންވަނަ ދުވަހު ވިދާޅުވީ ފުލުހުންގެ މުސާރަ އަންނަ މާޗު މަހުގެ 1ވަނަ ދުވަހުން ފެށިގެން ބޮޑުވާނެ ކަމަށް ފިނޭންސް މިނިސްޓްރީން ފުލުހުންނަށް އަންގާފައިވާ ކަމަށެވެ.
ޖެނުއަރީ މަހުން ފެށިގެން ފުލުހުންނާއި ސިފައިންގެ މުސާރަތައް ބޮޑު ކުރުމަށްޓަކައި ޕޭ ކޮމިޝަނުން ފުލުހުންނާއި ސިފައިންގެ އިދާރާތަކަށް އައު އޮނިޑަނޑު ވަނީ ފޮނުވައިފައެވެ. ޕޭ ކޮމިޝަނުން އޭރު ފޮނުވާފައިވާ އޮނިގަނޑަކީ ކުރީގެ ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ސަރުކާރުން ވީ ވައުދާ އެއްގޮތަށް ފޮނުވި އޮނިގަނޑެކެވެ.
ރައީސް މުއިއްޒުރިޔާސީ ކެމްޕެއިންގެ ތެރޭގައި ރައީސް ޑރ. މުހައްމަދު މުއިއްޒު ވެސް ވަނީ ފުލުހުންނާއި ސިފައިންގެ މުސާރަތައް ބޮޑު ކުރަން ނިންމައި އެކަން އިއުލާން ކުރައްވާފައެވެ. އެމަނިކުފާނު އިއުލާން ކުރެއްވީ ފުލުހުންނާއި ސިފައިންގެ މުސާރަ ދެގުނަ ބޮޑު ކުރައްވާނެ ކަމަށެވެ.
މި އަހަރަށް ލަފާކޮށް ކުރީ ސަރުކާރުން ހުށަހަޅާ މަޖިލީހުން ފާސްކޮށްފައިވާ ބަޖެޓުގައި އެކި ދާއިރާތަކުގެ މުސާރަތައް ބޮޑު ކުރުމަށް 500 މިލިއަނެއްހާ ރުފިޔާ ވަނީ ހިމަނައިފައެވެ.
ކަނޑުމަގުން އެތެރެކުރި 5،600 ވޭޕް ކާޓްރިޖު އަތުލައިގެންފި
ނަމާދު ވަގުތަށް ކުޅިވަރު ކުޅުން 20 މިނެޓަށް މެދުކަނޑާލަން އަންގައިފި
ކުރިއެރުމާއި ހަމަޖެހުން ބިނާވެގެންވަނީ އެއްބައިވަންތަކަމުގެ މައްޗަށް
ހިތަދޫ އުތުރު ދާއިރާގެ މެމްބަރުކަމުގެ ހުވާ، ސޯބެ ކުރައްވައިފި
ފަސް ތަރީގެ ބްރެޒިލަކަށް މޮރޮކޯގެ ކައިރިން ކުރިއެއް ނުލިބުނު
ޒީނާޒަށް ހެލްތުގެ ސްޓޭޓު މިނިސްޓަރުކަން ދީފި