ނިމިދިޔަ ރައީސް އިބްރާހީމް މުހައްމަދު ސޯލިހްގެ ސަރުކާރުގައި އެމަނިކުފާނުގެ ނާއިބެއްގެ ގޮތުގައި ހުންނެވި ފައިސަލް ނަސީމް އިދިކޮޅު އެމްޑީޕީ އަށް ސޮއި ކުރައްވައިފިއެވެ.
ފައިސަލް އެމްޑީޕީ އަށް ސޮއި ކުރެއްވީ އެޕާޓީގެ އޮފީހުގައި އޮތް ރަސްމިއްޔާތެއްގައެވެ. އެމްޑީޕީ އަށް ފައިސަލް ސޮއި ކުރެއްވި ފޯމާ ހަވާލުވެވަޑައިގަތީ ކުރީގެ ރައީސް ސޯލިހެވެ. ރައީސް ސޯލިހް ވަނީ ފައިސަލަކީ އިތުބާރު ކުރެވޭ ބޭފުޅެއް ކަމަށް ވިދާޅުވެފައެވެ. އަދި ކުރިޔަށް އޮތް މަޖިލިސް އިންތިހާބުގެ ކެމްޕެއިންގައި ފައިސަލް ހަރަކާތްތެރިކޮށް ފެނިވަޑައިގަންނަވާނެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
ފައިސަލް އަކީ މީގެ 16 އަހަރު ކުރީން ޖުމްހޫރީ ޕާޓީ އުފެއްދީންސުރެ އެޕާޓީގައި ހުންނެވި ބޭފުޅެކެވެ. ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމްގެ އަރިސް ބޭފުޅުންގެ ތެރެއިން ހިމެނިވަޑައިގަންނަވާ ފައިސަލް ސިޔާސީ ދާއިރާ އަށް ނުކުމެވަޑައިގަތީ ރައްޔިތުންގެ ހާއްސަ މަޖިލިހުން 2004 ވަނަ އަހަރުއެވެ.
އަދި 17ވަނަ ރައްޔިތުން މަޖިލީހުގައި ވެސް ފައިސަލް ވަނީ ކާށިދޫ ދާއިރާގެ މެންބަރުކަން ވެސް ކުރައްވާފައެވެ. 2018ވަނަ އަހަރު ބޭއްވި ރިޔާސީ އިންތިހާބާ ހަމައަށް ވެސް އެމަނިކުފާނު ދިޔައީ މަޖިލީހުގެ އެ ގޮނޑި ފުރުއްވަމުންނެވެ.
ޖުމްހޫރީ ޕާޓީން ފައިސަލް ވަކިވެވަޑައިގެންނެވި ސީދާ ސަބަބެއް ސާފެއް ނުވެއެވެ. ނަމަވެސް އެޕާޓީގެ ލީޑަރާ ފައިސަލްއާ ދެމެދު އޮތް ގުޅުން އެހާ ރަނގަޅު ނޫން ކަމުގެ އަޑުތަކެއް މީގެކުރިން ވެސް ފެތުރިގެން ދިޔައެވެ.
ފައިސަލަކީ ފަސް އަހަރު ދުވަހުގެ ފުރިހަމަ ދައުރެއް ފުރަތަމަ ފަހަރަށް އަދާކުރެއްވި ނާއިބު ރައީސެވެ.
ކަނޑުމަގުން އެތެރެކުރި 5،600 ވޭޕް ކާޓްރިޖު އަތުލައިގެންފި
ނަމާދު ވަގުތަށް ކުޅިވަރު ކުޅުން 20 މިނެޓަށް މެދުކަނޑާލަން އަންގައިފި
ކުރިއެރުމާއި ހަމަޖެހުން ބިނާވެގެންވަނީ އެއްބައިވަންތަކަމުގެ މައްޗަށް
ހިތަދޫ އުތުރު ދާއިރާގެ މެމްބަރުކަމުގެ ހުވާ، ސޯބެ ކުރައްވައިފި
ފަސް ތަރީގެ ބްރެޒިލަކަށް މޮރޮކޯގެ ކައިރިން ކުރިއެއް ނުލިބުނު
ޒީނާޒަށް ހެލްތުގެ ސްޓޭޓު މިނިސްޓަރުކަން ދީފި